އިސްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ އެއް އާއިލާއެއްގެ ހަތް ކުދީން މަރުވެއްޖެއެވެ.
އިސްރާއީލުން ގާޒާގައި ހުންނަ މީހުން ދިރިއުޅޭ އިމާރާތަނަށް ވައިގެ މަގުން ދިން އެ ހަމަލާގައި އެއް އާއިލާއެއްގެ 12 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި ހަތް ކުޑަކުދިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފަލަސްތީނުގެ ސިވިލް ޑިފެންސް ރެސްކިއު އެޖެންސީން ވަނީ ހުކުރު ދުވަހު ދިން އެ ހަމަލާ އަމާޒުވި އިމާރާތުގައި އުޅުނު 12 މީހަކު މަރުވިއިރު 15 މީހަކަށް އެކިވަރުގެ އަނިޔާވެފައިވާކަމަށް ބުނެފައެވެ.
އިސްރާއީލުގެ މިލިޓަރީން ބުނީ އެ ހަމަލާ އަކީ ހަނގުރާމަވެރިން އޮޕަރޭޓުކުރާ އިމާރާތަކަށް ދިން ހަމަލާއެއް ކަމަށާއި އެ އިމާރާތް ނިސްބަތްވަނީ ހަމާސް އަށް ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ