މިއަދު ރާއްޖެއަށް ކުރި ވިއްސާރައިގައި އަށް އާއިލާއަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެމްޑީއެންއޭ) އިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފިއެވެ.
އެމްޑީއެންއޭ އިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ، ފެން ބޮޑު ވުމުގެ ހާދިސާއާ ގުޅިގެން އެންޑީއެންއޭ އާއި ސިފައިން އަދި ފުލުހުންގެ އިތުރުން ދިވެހި ރެޑް ކްރެސެންޓުގެ ހޮޓްލައިނަށް 101 ކޯލު ލިބިފައިވާ ކަމަށެވެ.
އެގޮތުން ވަގުތުން އެހީތެރިކަން ބޭނުންވާ 12 ގޭބިސީއެއްގެ ރެޕިޑު އެސެސްމަންޓު ދިވެހި ރެޑްކްރެސެންޓުންގެ އެހީރެތިކަމާއެކު ހޯދައިފައިވާނެ ކަމަށް އެމްޑީއެންއޭއިން ބުންޏެވެ.
އޭގެ ތެރެއިން އަށް ގޭބިސީއެއްގެ 32 މީހުންނަށް އެއް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފައިވާނެ ކަމަށެވެ. އެ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖެއްސީ ކައްކައި ކައިބޮއި ހެދުމާއި ނިދައި ފާހާނަ ކުރެވޭނެ ގޮތެއް ނެތުމާއި ވަގުތީ ގޮތުން އެތަނުގައި ދިރިއުޅެވޭނެ ހާލަތެއް ނެތުމުން ކަމަށްވެސް އެމްޑީއެންއޭ އިން ބުންޏެވެ.
ގޭގެއަށް ފެންވަނުން ކޮންޓްރޯލުކުރުމަށް ސިފައިންނާއި މާލެ ސިޓީ ކައުންސިލް އަދި މިނިސްޓްރީ އިފް ލޯކަލް ގަވާމަންޓް އެންޑް ފަބްލިކް ވޯކްސްގެ އެހީތެރިކަމާއެކު 47 ތަނެއްގައި 229 ވެލިބަސްތާ ޖަހާފައިވާ ކަމަށެވެ. އޭގެތެރޭގައި ފިހާރަތައްވެސް ހިމެނޭ ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެގޮތުން ހެންވޭރުގެ 17 ގެއެއް، ގަލޮޅުގެ 21 ގެއެއް، މައްޗަންގޮޅި ދެ ގެއެއް އަދި މާފަންނުން 59 ގެކަޔަށް ފެންވަދެގެން އެންޑީއެމްއޭ އަށް ރިޕޯޓުކުރި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ބުނީ، ރާއްޖެއާ ކައިރި ދެ ސަރަހައްދެއްގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ރާއްޖޭގެ އެކި ހިސާބުތަކަށް ދަނީ ވިއްސާރަކުރަމުން ކަމަށާއި އިއްޔެގެ 8:00 އިން މިއަދުގެ 8:00 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ މާލެއަށް ކަމަށެވެ. އެއީ 136.5 މިލިމީޓަރުގެ ވާރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު