ކ. ތުލުސްދޫ ސްކޫލުގެ އަހްމަދު ރަޝީދާއި އޭނާގެ އެކުވެރި ދަރިވަރުންނަކީ ފުޓުބޯޅައަށް ވަރަށް ލޯބިކުރާ ބައެކެވެ. ހަފުތާއަކު ގިނަ ދުވަސްތަކެއްގައި ސްކޫލުން ނިމުމަށްފަހު އެ ރަށުގެ ފުޓްސަލް ދަނޑަށް އެއްވެ، ޝައުގުވެރިކަމާއެކު މެޗުތަކެއް ކުޅެއެވެ. ގިނަފަހަރު އެމީހުން ކުޅެނީ މަޝްހޫރު ކުލަބުތަކާއި ގައުމީ ޓީމުތަކަށް ބަލައިގެން ޓީމުތަކަށް ބަހާލައިގެންނެވެ. އަހްމަދު އަބަދުވެސް އިހުތިޔާރުކުރަނީ ބްރެޒިލްއަށް ތާއީދުކުރުމެވެ. ފުޓުބޯޅައަކީ ދިރިއުޅުމުގެ މުހިންމު ބައެއްގެ ގޮތުގައި ވެފައިވާ އިރު، އެއީ ތުލުސްދޫގެ ޒުވާނުން އެކުވެރިކަމާއި، ޓީމްވޯކާއި، އަދި ވާދަވެރިކަމުގައި އެއްބައިވަންތަކަމާއެކު ހިއްސާކުރާ އުފަލެކެވެ.
ނަމަވެސް އެމީހުންގެ ލޯބިވާ ފުޓްސަލް ދަނޑު ހަލާކުވެއްޖެއެވެ. އާޓިފިޝަލް ޓާފް ފަޅައިގެން ގޮސް، އެއްވަރެއް ނުވާ ޕެޗްތަކެއް އުފެދި، ބިމުގެ މަތީގައި ކުޅުމަކީ ނުރައްކާތެރި ކަމަކަށް ވެގެން ދިޔައެވެ. ދަގަނޑު ފެންސް ދަބަރުޖަހައި ތަންތަންކޮޅުން ފަޅައިގެން ގޮސްފައިވާ އިރު، ފްލަޑްލައިޓްތައް ބާވެ، ފަނޑުވެފައި ހުރި އިރު، ގިނަ ފަހަރަށް ކުޅުންތެރިން ތިބެނީ ހަވީރުގެ މެޗަކަށް ތައްޔާރުވަމުން ދިޔައިރުވެސް އަނދިރީގައެވެ. މި ހާލަތްތަކުގެ ސަބަބުން އަނިޔާތައް ލިބުމާއި ހަވީރުގެ ކުޅުމަށް ހިތްވަރު ގެއްލި، ރަށުގައި ޗުއްޓީ ހޭދަކުރުމުގެ މަދު ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތް ހަނިވެގެން ދިޔައެވެ. އިތުރުވަމުންދިޔަ ކަންބޮޑުވުމާއެކު ކުޅުންތެރިން ސްކޫލާއި ރަށު ކައުންސިލާ ދިމާއަށް އެނބުރި ދިޔައީ ދަނޑު ބޭނުން ނުކުރެވޭނެ ކަމުގެ ބިރުގައެވެ.
އެކަމާ ގުޅިގެން ތުލުސްދޫ ކައުންސިލުން ވަނީ ދަ ކޮކާކޯލާ ކޮމްޕެނީގެ ލޯކަލް ބޮޓްލިން ޕާޓްނަރު، މާލެ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ) އާ ގުޅިފައެވެ. ތުލުސްދޫގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވަމުން އަންނަ އެމްއޭޑަބްލިއުސީން ވަނީ ފުޓްސަލް ދަނޑު މަރާމާތު ކުރުމުގެ މަސައްކަތް ސްޕޮންސާކުރުމަށް އިސްނަގައިފައެވެ. ކުންފުނީގެ އެހީތެރިކަމާއެކު ޓާފް ބަދަލުކޮށް، ފެންސިން މަރާމާތުކޮށް، އަދި ޒަމާނީ، އަލިކަން ރަނގަޅު ފްލަޑްލައިޓްތައް ބެހެއްޓިއެވެ. ފައިދާހުރި އަޕްގްރޭޑްގެ ސަބަބުން ފުޓްސަލް ދަނޑަށް އާ ދިރުމެއް ގެނެސް، ޒުވާނުންނާއި ރައްޔިތުންނަށް ކުޅެން ރައްކާތެރި އަދި ގުނަވަންތަ ޖާގައެއް އުފެއްދިއެވެ.
"މިހާރު އެއްވެސް ބިރެއް ނެތި، އަނިޔާވުމުގެ ނުރައްކަލެއް ނެތި ފުޓުބޯޅަ ކުޅެވޭނެ،" އަހްމަދު ބުންޏެވެ. "މިއީ އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުއްމީދެއް ލިބުނު ކަމެއް. މިއީ ރަށުގައި ބާއްވާ މަދު މުނިފޫހިފިލުވުމުއް ކުރާ ހަރަކާތްތަކުގެ ތެރެއިން އެއް ހަރަކާތް،"
މި ފުޓްސަލް ދަނޑު މަރާމާތުކުރުމަކީ އެމްއޭޑަބްލިއުސީން ތުލުސްދުއަށް ދެމެހެއްޓެނިވި އަދި އިހުލާސްތެރި ވައުދުގެ އެންމެ ފަހުގެ މިސާލެކެވެ. މީގެ 30 އަހަރަށްވުރެ ކުރިން އެ ރަށުގައި ކޮކާކޯލާ ފުޅި އުފައްދާ ފެސިލިޓީ ގާއިމުކުރި ފަހުން އެމްއޭޑަބްލިއުސީން ވަނީ މުޖުތަމައުގެ ބޭނުންތަކާއި ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ތަފާތު މަޝްރޫއުތަކެއް ހިންގައިފައެވެ. ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ އިސްނެގުންތަކުގެ ތެރެއިން ތުލުސްދޫގެ ރައްޔިތުންނަށް ތައުލީމާއި، އުމްރާނީ ތަރައްގީއާއި، ފެނާއި، މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް އެހީ ފޯރުކޮށްދީފައެވެ.
އެމްއޭޑަބްލިއުސީގެ ޗީފް އޮޕަރޭޓިން އޮފިސަރު މިލިންދު ޑެރަސާރާ ވިދާޅުވި ގޮތުގައި މި އިންތިޒާމުތަކަކީ ވިޔަފާރިއަށްވުރެ އިސްކަންދީގެން ކުރިއަށްގެންދާ ވައުދެކެވެ.
"ތުލުސްދޫގެ ބައެއްގެ ގޮތުގައި ތިބުމަކީ އަޅުގަނޑުމެން ފަގުރުވެރިވާ ކަމެއް، އަދި މި ރަށުގައި ރަނގަޅު ބަދަލުތަކެއް ގެނައުމަށް އަޅުގަނޑުމެން މަސައްކަތްކުރަން. މުޖުތަމައުއަށް އެއްބާރުލުން ދިނުމަކީ ތުލުސްދޫއާ އޮންނަ ގުޅުމާއި ވިޔަފާރިއަށް ވެސް ފައިދާ ހުރި ކަމެއް. އަޅުގަނޑުމެންނަށް މިއީ ރަށާ އެއްފަރާތުގައި ކުރިއަރައި، އޭގެ މުސްތަގުބަލާއި ތަރައްގީއަށް ފައިދާހުރި ފުރުސަތެއްގެ ގޮތުގައި ދެކެން،" ޑެރަސާރީ ވިދާޅުވިއެވެ.
ތުލުސްދުއަށް އެމްއޭޑަބްލިއުސީގެ އެންމެ މުހިންމު އެއް ހިއްސާއަކީ، ރަށުގެ ފެނުގެ ދަތިކަމުގެ މައްސަލަތައް ހައްލުކުރުމެވެ. 2013 ވަނަ އަހަރުން ފެށިގެން އެމްއޭޑަބްލިއުސީން ވަނީ އެ ރަށުގެ ޖުމްލަ ފެނުގެ ބޭނުންތަކައް 12 ޕަސަންޓަށްވުރެ ގިނަ ފެން ފޯރުކޮށްދީ، ރައްޔިތުންނަށް ހިލޭ ބޯފެން ފޯރުކޮށްދީފައެވެ. އެ ކުންފުނިން ވަނީ ސަރުކާރުގެ އޮފީސްތަކާއި ލޯކަލް ސްކޫލާއި ހޮސްޕިޓަލް ހިމެނޭ ގޮތަށް މުހިންމު ތަންތަނުގައި ސްޓްރެޓެޖިކް ގޮތެއްގައި ބެހެއްޓިފައިވާ ފެން ބެހުމުގެ ފަސް ޕޮއިންޓެއް ގާއިމުކޮށް އަދި ބަލަހައްޓަމުން ގެންދެއެވެ. މި އިސްނެގުމުގެ ސަބަބުން ރަށުގެ އާބާދީއަށް ވަރަށް ބޮޑު އަސަރެއް ކޮށްފައިވާ އިރު، އެއްވެސް އަގެއް ނުނަގައި ލިބޭނެ، ސާފު ބޯފެން ފޯރުކޮށްދީ، ރަށުގެ ފެނުގެ ގޮންޖެހުންތަކަށް ލުއި ލިބިގެންދާ އިރު، ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި މުޖުތަމައުތަކުގެ ސިއްހަތާއި ސާފުތާހިރުކަމަށް އެހީތެރިވެދެއެވެ.
މި މުހިންމު ވަސީލަތް ފޯރުކޮށްދިނުމުގެ އިތުރުން އެމްއޭޑަބްލިއުސީން ވަނީ ފެން ހިމާޔަތްކުރުމާ ބެހޭ ގޮތުން މުޖުތަމައުއަށް ތައުލީމު ދިނުމުގެ ފުރުސަތު ވެސް ހޯދައިދީފައެވެ. އެ ކުންފުނިން ހޭލުންތެރިކުރުމުގެ ކެމްޕޭންތައް އިންތިޒާމުކޮށް، ޒިންމާދާރުކަމާއެކު ފެން ބޭނުންކުރުމަށް ހިތްވަރުދީ، ފެނުގެ ފެންވަރުގެ މުހިންމުކަމަށް އަލިއަޅުވާލައެވެ. މި ދެކޮޅުން ކުރެވޭ މަސައްކަތް، ފެނުގެ އެކްސެސް އާއި ފެނުގެ ހިމާޔަތާ ބެހޭ ތައުލީމު ވެސް ފޯރުކޮށްދިނުމުން، ރައްޔިތުންގެ މެދުގައި ދެމެހެއްޓެނިވި ގޮތެއްގައި ވަސީލަތްތައް ބޭނުންކުރުމުގެ ފުން ވިސްނުމެއް އުފެދި، ކޮކާކޯލާ އާއި އެމް.އޭޑަބްލިއުސީއާ އެކު މުޖުތަމައުގެ ގުޅުން އިތުރަށް ބަދަހިވެއްޖެއެވެ.
ތުލުސްދޫގެ ކުރިއެރުމަށް އެމްއޭޑަބްލިއުސީން ކުރާ ވައުދު ފާހަގަކުރެވެނީ މިދިޔަ އަހަރުތަކުގެ ތެރޭގައި އެ ކުންފުނިން އެހީތެރިވެދީފައިވާ ފުޅާ ދާއިރާއެއްގައި ހިންގާ މަޝްރޫއުތަކުންނެވެ. 2016 ވަނަ އަހަރު އާ ޕްރީ ސްކޫލެއް އެޅުމަށް ކަނޑައަޅާފައިވާ ތުލުސްދޫ ކައުންސިލަށް 500,000 ރުފިޔާގެ އެހީއެއް އެ ކުންފުނިން ވަނީ ދީފައެވެ. ކުޑަކުދިންގެ ތައުލީމަށް ކުރި މި އިންވެސްޓްމަންޓުގެ ސަބަބުން 100 އަށްވުރެ ގިނަ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް އުނގެނުމުގެ މާހައުލު ރަނގަޅުވިއެވެ. އާ ޕްރީ ސްކޫލް އިމާރާތުގައި ތަނަވަސް ކްލާސްރޫމްތަކާއި ކުލަކުލައިގެ ފަރުނީޗަރާއި ޒުވާން ދަރިވަރުންނަށް ތަރުބިއްޔަތު ކުރުމުގެ ޖާގައެއް ލިބޭ ޒަމާނީ ވަސީލަތްތައް ގާއިމުކޮށްފައިވެއެވެ.
އޭގެ ދެ އަހަރު ފަހުން އެމްއޭޑަބްލިއުސީން ވަނީ އެ ރަށުގައި ކުޑަކުދިންގެ ޕާކެއް ތަރައްގީކުރުމަށް ފަންޑު ދީ، އިޖުތިމާއީ އަގުތައް އިތުރަށް ފާހަގަކޮށްފައެވެ. ކުޅިވަރު ކުޅޭ ސަރަހައްދަކާއި، ބަގީޗާއަކާއި، ފައުންޓަނެއް ހިމެނޭ މި ޕާކަކީ ރަށުގެ ކުދިން ލޯބިކުރާ މުނިފޫހިފިލުވުމުގެ މަރުކަޒަކަށް ވެފައިވެއެވެ. ފެންސް ފާރުތަކާއި އިށީނދެވޭނެ ތަންތަން ހިމެނޭ މި ޕާކުގައި އާއިލާތަކަށާއި އަދި ކުޑަކުދިންނަށް މިނިވަންކަމާއެކު ކުޅެވޭނެ ރައްކާތެރި އަދި އުފާވެރި މާހައުލެއް ލިބިގެންދިޔައެވެ. މިހާރު މި ޕާކަކީ ރަށުގެ ދިރިއުޅުމުގެ މައިގަނޑު ބައެއްގެ ގޮތުގައި ވެފައިވާ އިރު، ގިނަ އާއިލާތަކުން އެކުގައި ޒިޔާރަތްކޮށް، ރީތި މާހައުލުން އުފާ ހިއްސާކޮށް، ފެންވަރު ރަނގަޅު ވަގުތު ހޭދަކުރާ ތަނަކަށް ވެފައިވެއެވެ.
ސީދާ އެހީގެ އިތުރުން، އެމްއޭޑަބްލިއުސީން ތުލުސްދޫ ރަށު ކައުންސިލްގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ފަންޑަށް ވެސް ގަވާއިދުން މަހުން މަހަށް ހިއްސާކުރަމުން ގެންދެއެވެ. މި ފަންޑުގެ ސަބަބުން ކައުންސިލަށް ރަށު ތަރައްގީއާއި ދުޅަހެޔޮކަމުގެ އެކި މަޝްރޫއުތަކަށް ވަސީލަތްތައް ހޯދައިދެވެއެވެ. އެމްއޭޑަބްލިއުސީގެ އެހީތެރިކަމާއެކު ސީއެސްއާރު ފަންޑުން ލައިބްރަރީއެއް ގާއިމުކުރުމާއި، މިސްކިތެއް މަރާމާތުކުރުމާއި، ކުޅިވަރު މުބާރާތްތައް އިންތިޒާމުކުރުމާއި، މުޖުތަމައުގެ އެހެނިހެން މުހިންމު މަސައްކަތްތަކަށް އެހީތެރިވެދީފައިވެއެވެ.
އެމްއޭޑަބްލިއުސީގެ ހިދުމަތްތަކަށް ތައުރީފުކުރައްވަމުން ތުލުސްދޫ ކައުންސިލްގެ ރައީސް އަސްލަމް މޫސާ ވިދާޅުވީ، "އެމްއޭޑަބްލިއުސީއަކީ އަޅުގަނޑުމެންނަށް އެއްވެސް ޝައްކެއްނެތް އިތުބާރު ހުރި ބައިވެރިއެއް. އެ ފަރާތުން ވަނީ ދިރުންހުރި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް ތާއީދުކޮށްދީފައި. އެ ބޭފުޅުންގެ ދީލަތިކަމާއި، އަޅުގަނޑުމެންގެ ރަށަށް ކޮށްދެއްވާ އެހީތަކަށް އަޅުގަނޑުމެން ޝުކުރުވެރިވަން. ކުރިއަށް އޮތްތަނުގައިވެސް އެއްބާރުލުން ދެމެހެއްޓުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން،" ކަމަށެވެ.
ދެމެހެއްޓެނިވި އިޖުތިމާއީ ބައިވެރިވުމުގެ ތެރެއިން އެމްއޭޑަބްލިއުސީ ވަނީ ތުލުސްދޫގެ މުޖުތަމައުގެ ފޭރާމުގެ ތެރެއަށް ފުންކޮށް ވަދެފައެވެ. ތައުލީމު، އުމްރާނީ ތަރައްގީ، ކުޅިވަރު، ފެނުގެ ހިދުމަތް އަދި ސަގާފީ ހަރަކާތްތައް ހިމެނޭ އެ ކުންފުނީގެ ފުޅާ ސީއެސްއާރު ޕްރޮގްރާމުގެ ސަބަބުން މުޖުތަމައު ކުރިއަރައިގެން ދިއުމުގެ އިތުރުން، ކޮކާކޯލާ އާއި ތުލުސްދޫގެ ރައްޔިތުންނާ ދެމެދު އޮންނަ ގުޅުން ވެސް ވަނީ އިތުރަށް ބަދަހިވެފައެވެ. ތުލުސްދޫގެ ރައްޔިތުންނަށް ކޮކާކޯލާއަކީ ހަމައެކަނި ވިޔަފާރި ބްރޭންޑެއް ނޫނެވެ. އެއީ ރަށުގެ ކުރިއެރުމާއި ދުޅަހެޔޮކަމަށް އިންވެސްޓްކުރާ، އަޅާލާ ޕާޓްނަރެއްގެ ގޮތުގައި ވެފައިވެއެވެ. މި ވަރުގަދަ ޕާޓްނާޝިޕަކީ ދުނިޔެ އާރާސްތުކޮށް ތަފާތު ގެނައުމަށް ކޮކާކޯލާގެ ފުޅާ ލަނޑުދަނޑިތަކާ ގުޅިފައިވާ ގުޅުމެކެވެ. އަދި މިއީ ވިޔަފާރިތަކަށް ކޯޕަރޭޓް ޒިންމާގެ ތެރެއިން މާނަހުރި ބަދަލެއް ގެނެސްދެވޭނެ ގޮތް ދައްކުވައިދޭ ނަމޫނާއެކެވެ.
"އަޅުގަނޑުމެން މިތިބީ ތުލުސްދޫއާ ގުޅުން ބަދަހިކޮށް، އެ ރަށުގެ ކުރިއެރުމަށް ތާއީދުކުރުމަށް ތައްޔާރަށް،" އެމްއޭޑަބްލިއުސީގެ މެނޭޖިން ޑިރެކްޓަރު ޑެރަސާރީ އިތުރަށް ވިދާޅުވިއެވެ. "މި ރަށަކީ އަޅުގަނޑުމެންގެ ގެއެއްގެ ގޮތުގައި ދެކެން. އަޅުގަނޑުމެން ބޭނުންވަނީ މި ރަށަކީ އެންމެންނަށް ރަނގަޅު ތަނަކަށް ހެދުން. ރަށުގެ އިސްނެގުންތަކަށް އިންވެސްޓްކޮށް، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، މި ރަށުގައި ދެމެހެއްޓެނިވި ހެޔޮ އަސަރުތަކެއް ކުރަމުން ގެންދިއުމަށް އަޅުގަނޑުމެން އުންމީދުކުރަން."
މުޖުތަމައުގެ ނަޒަރުގައި ކޮކާކޯލާ އާއި އެމްއޭޑަބްލިއުސީން ތުލުސްދުއަށް ކުރިއަށްގެންދާ ހިދުމަތްތެރިކަމުން ދައްކުވައިދެނީ ރަށުގެ ތަރައްގީއަށް ކުރާ އިހުލާސްތެރި ވައުދެކެވެ. މި ޕާޓްނާޝިޕް ކުރިއަށްދާ އިރު، ތުލުސްދޫގެ ދިރިއުޅުމުގެ ފެންވަރު އިތުރަށް ރަނގަޅުކޮށް، ދެމެހެއްޓެނިވި ގުޅުމަކާއި މުޅި މުޖުތަމައަށް އުޖާލާ މުސްތަގުބަލެއް އުފެދިގެންދާނެ އައު މަޝްރޫއުތަކާއި އިސްނެގުންތަކަށް ރައްޔިތުންނާއި ކުންފުނިން ވެސް އިންތިޒާރުކުރެއެވެ.
- އެޑިޓަރުގެ ނޯޓު: މިއީ މާލެ އެރޭޓެޑް ވޯޓާ ކޮމްޕެނީ (އެމްއޭޑަބްލިއުސީ)ގެ އެޑްވަޓޯރިއަލެކެވެ.
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް
އެޑްވަޓޯރިއަލް