ޖާނުންފިދާވެގެން ދިން ހަމަލާއެއްގައި ތާލިބާނުގެ ރެފިއުޖީ މިނިސްޓަރު ހަލީލީ ހައްގާނީ އަވަހާރަކޮށްލައިފިއެވެ. އެ ހަމަލާ ދީފައިވަނީ ކާބުލްގައި ހުންނަ އިންޓީރިއާ މިނިސްޓްރީ ތެރޭގައި އެއްޗެއް ގޮއްވާލައިގެން ކަމަށް އޮފިޝަލުން ބުނެއެވެ.

ތާނިބާނުންގެ ރެފިއުޖީ މިނިސްޓަރު ހަލީލީ ހައްގާނީ އަވަހާރަކޮށްލާފައިވާއިރު އިތުރު ހަ މީހަކުވެސް މި ހާދިސާގައި މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި އެ ހަމަލާ ދީފައިވަނީ ރެފިއުޖީ މިނިސްޓަރު ހަލީލީ އިންޓީރިއާ މިނިސްޓްރީން ނިކުމެވަޑައިގަންނަނިކޮށެވެ.

މިހާތަނަށް އެ ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އުފުލައިފައި ނުވި ނަމަވެސް ތާލިބާނުން ވަނީ އެ ކަމުގެ ފަހަތުގައި ވަނީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިން ކަމަށް ތުހުމަތުކޮށްފައެވެ.