އަލިފާން ފަރުބަދައެއް ގޮވަން ފެށުމާއެކު ފިލިޕީންސްގެ އަވަށެއް ހުސްކޮށްފިއެވެ.
އަލިފާން ފަރުބަދަ އިއްޔެ ގޮވަން ފަށާފައިވާއިރު ފިލިޕީންސްގެ މެދުތެރޭ ސަރަހައްދުގައި އޮންނަ އެ އަވަށުން 87،000 މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލިޕީންސްގެ އޮފިޝަލުން ވަނީ މައުންޓް ކަންލައޯން ނަމަކަށް ކިޔާ މި ފަރުބަދަ ގޮވަން ފެށުމުން ސަމާލުގެ ދަރަޖަ މަތިކޮށް ފިޔަވަޅުތައް އަޅާފައިވާކަމަށް ބުނެފައެވެ. އެގޮތުން އެ ސަރަހައްދުގެ މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރުމުގެ އިތުރުން ވައިގެ ދަތުރުފަތުރުތައް އެސަރަހައްދުން ކުރުން ހުއްޓުވާފައިވާކަމަށް އޮފިޝަލުން ބުނެއެވެ.
އަލިފާން ފަރުބަދަ ގޮވައި މިހާތަނަށް 200 ކިލޯމީޓަރުގެ ސަރަހައްދަކަށް އަޅި ފައިބައިފައިވާކަމަށާއި އެ ސަރަހައްދުގެ ހޫނުމިން ވެސް އިތުރުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލިޕީންސްގެ ސަރުކާރުން ވަނީ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން އެ ހާލަތު ބެލުމަށް ސައިންސުވެރިންގެ ހާއްސަ ޓީމަކާއެކީ ކޮމެޓީއެއް އެކުލަވާލައި އެކަމުގެ ނުރައްކާ ބެލުމަށް އެސެސްމަންޓެއް ހެދުމަށް ނިންމާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ