ކޮފީގެ އަގު ރެކޯޑު އަދަދަކަށް މަތިވެއްޖެއެވެ.
ބައިނަލްއަގުވާމީ މާކެޓުގައި ކޮފީގެ އަގު ބޮޑުތަނުން މަތިވެފައިވާއިރު ކުރިޔަށް އޮތް ދުވަސްތަކުގައި އާންމުކޮށް ކޮފީ ލިބޭ އަގަށް ބަދަލުތަކެއް އަންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔޭގައި އެންމެ ފުޅާދާއިރާއެއްގައި ކޮފީ އުފައްދާ ބްރެޒިލާއި ވިއެޓްނާމަށް ކޮފީ ހެއްދުމުގައި މޫސުމީ ބަދަލުތަކުގެ ސަބަބުން އަސަރުކޮށްފައިވާ ކަމަށާއި މިކަމުގެ ސަބަބުން ކޮފީގެ މާކެޓަށް އޭގެ އަސަރު ކުރާނެ ކަމަށްވެސް މާހިރުން ބުނެއެވެ.
އިއްޔެ މާކެޓުގައި ހުރި ކޮފީގެ އަގުތަކަށް ބަލާއިރު އަރަބިކާ ބީންސްގެ އަގަށް ވަނީ 80 އިންސައްތަ އިތުރުވުމެއް އައިސް އަގު ބޮޑުވެފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަރަބިކާ ބީންސަކީ ދުނިޔޭގެ ކޮފީގެ މާކެޓުގައި އެންމެ މަޝްހޫރު އެއް ކޮފީ ބީންސް ކަމަށް ރިޕޯޓުތައް ބުނެއެވެ.
މާކެޓުގައި ހުރި ކޮފީ ބީންސްތަކުގެ ތެރެއިން ރޮބުސްޓާ ބީންސްގެ އަގުވެސް ސެޕްޓެމްބަރުން ފެށިގެން ބޮޑުވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ކޮފީ އުފެއްދުމުގައި ބޭނުންކުރާ ރޯ މެޓީރިއަލްގެ އަގުވެސް ވަނީ ބޮޑުވެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ