މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރޮޓީ (މީރާ)ގެ ބޯޑަށް މެންބަރަކު އައްޔަން ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހަތަރު ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވއިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބޭފުޅުންގެ ތެރެއިން މީރާގެ ބޯޑަށް މެންބަރަކު އައްޔަން ކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ފޮނުއްވި ސިޓީފުޅު، މަޖިލީހުގެ އަމީންއާއްމު މަޖިލިސް ތަޅުމަށް އިއްވެވުމުން، އެ މައްސަލަ ދިރާސާކުރުމަށް އިގްތިސާދީ ކޮމިޓީއަށް ފޮނުއްވިކަން ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އިއުލާން ކުރެއްވިއެވެ.

މީރާގެ ބޯޑަށް މެންބަރަކު އައްޔަން ކުރުމަށް ޓަކައި އެކަމަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ލިސްޓެއް، ރައީސް އިސްކަންދެއްވާ ތަރުތީބުން ވަނީ މަޖިލީހަށް ފޮނުއްވައިފައެވެ.

  • ދަހާ ޝުއެއިބު ހ. ކެރީބިއަން
  • އަހްމަދު ފާއިޒް މުހައްމަދު އަސްރަފީ ހިޔާ ލ. މާވަށް
  • އަބްދުﷲ އިމްރާން މާލަމް ރ. ހުޅުދުއްފާރު
  • މަހްބޫބު ސަލީމް ޝަބްނަމްގެ ކ. ކާށިދޫ
  • އައިމިނަތު އާފިޔާ ދަފްތަރު ނަމްބަރު 13462