ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި، ލަންކާ ދެ މީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ، ޕައްޓި ވިތަނަލަގެ ވިމޯޝާ ވިނަތަގެ (27އ) އަދި ނުރުކުޝަން ކަވިންދަ ސިންގަޕުރަގެ (21އ) އެވެ.
ފުލުހުން މިއަދު ބުނީ، އެ މީހުން ހައްޔަރުކުރީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހެންވޭރު ގެއެއް ބަލައިފާސްކޮށް ކަމަށެވެ.
މި މަހުގެ ފަސް ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އެ މީހުން ދިރިއުޅޭ ގެ ކޯޓު އަމުރުގެ ދަށުން ބަލައިފާސްކުރިއިރު ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި، 500 އެމްއެލްގެ 116 ފުޅިއާއި ފަސް ލީޓަރުގެ ހަ ފުޅި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުން ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު