ހިލޭ އެހީގެ ގޮތުގައި މިހާތަނަށް ލިބުނީ މި އަހަރު ލިބޭނޭ ކަމަށް ބަޖެޓުގައި ލަފާކުރި އަދަދުގެ 45 ޕަސެންޓް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރަށް ފާސްކުރި ބަޖެޓުގައި ލަފާކޮށްފައިވާ ގޮތުން ހިލޭ އެހީގެ ގޮތުގައި މި އަހަރު 1.3 ބިލިއަން ރުފިޔާ ލިބޭނޭއެވެ.
ނަމަވެސް ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ އެހީގެ ގޮތުގައި ލިބިފައިވަނީ 581 މިލިއަން ރުފިޔާއެވެ.
މިއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު 664 މިލިއަން ރުފިޔާއަށްވުރެ 83 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅައި، މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ ގޮތުން ހިލޭ އެހީގެ ގޮތުގައި 2.59 ބިލިއަން ރުފިޔާ ލިބޭނޭ ކަމަށް ލަފާކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު