މާދަމާ އިން ފެށިގެން ހައިކޯޓް ރިސްސެސްއަށް ދާން ނިންމައިފިއެވެ.

ހައިކޯޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މާދަމާއިން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކޯޓް ރިސެސްއަށް ދިޔަނަމަވެސް ބައެއް މައްސަަލަތައް ކުރިއަށް ގެންދިއުމަށް ފަނޑިޔާރުންގެ އާންމު މަޖިލީހުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މި މުއްދަތުގައި ބަލާނީ B12 ސެކްޝަނުން ބަލާ މައްސަލަތަކާއި މޮނިކޮން އަމުރުތަކާއި އަވަސް ތަބީއަތުގެ އަމުރުތަކާއި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރުތަކާއި އިޖުރާއީ އަމުރުތަކާއި އިއުތިރާޒާ ގުޅޭ ނިންމުންތަކުގެ ތެރެއިން މުއްދަތު ހަމަވާ މައްސަލަތައް ކަމަށް އެ ކޯޓުން ބުންޏެވެ.

ހައިކޯޓުން ބުނީ، އެ ކޯޓުގެ ޝަރީއަތްތަކުގައި ހުކުމް ކުރުމަށް ބާއްވާ ޝަރީއައްތައްވެސް ރިސެސްގެ މުއްދަތުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

ހައި ކޯޓުގެ ގަވާއިދުގައި ބުނެފައިވަނީ ގާނޫނަކުން ވަކި ކަމެއް ވަކި މުއްދަތެއްގައި ނިންމުމަށް އެ ކޯޓަށް ލާޒިމުވެފައިވާ ހާލަތެއްގައި، ނުވަތަ ހައިކޯޓުގެ ފަނޑިޔާރުންގެ އާންމު މަޖިލީހުން އެ ނޫން ގޮތަކަށް ކަނޑައަޅައިފި ހިނދެއްގައި ޓާމް ފެށުމުގެ ކުރިންވެސް މައްސަލަތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ.