ސިނަމާލެ ޕާކިން ޒޯންގައި ޕާކު ކޮށްފައި އޮތް ކާރެއްގައި ރޯކޮށްލި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ބުރުޒު މަގުގައި ހުންނަ ސިނަމާލެ 1 ޕާކިން ޒޯންގައި ޕާކު ކޮށްފައި އޮތް ކާރެއްގައި މި މަހުގެ 25 ވަނަ ދުވަހުގެ 18:25 އެހާކަން ހާއިރު އަލިފާން ރޯކޮށްލާފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ، މ. އަރާކުރި، ހާލިދު މަހުމޫދު 35އ އާއި އދ. މާމިގިލީ، ބުލޫވިންޑް، ހަސަން ނަސީމް 31އ ކަމަށެވެ.
ފުލުހުން ބުނީ އެ ދެ މީހުންވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު