ދަރުމަވަންތަ ހޮސްޕިޓަލާ ދިމާ މޫދުން ޒަހަމްތަކަކާއެކު ފެނުނު މީހާ މަރުވެއްޖެއެވެ.

ފުލުހުން މިއަދު މެންދުރު ބުނީ ދަރުމަވަންތަ ހޮސްޕިޓަލު ކައިރި ބޭރު ތޮށި މޫދުން އަނިޔާވެފައި އޮތް މީހެއް ފެނިފައިވާ ކަމަށާއި އެމީހާ އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުން މިރޭ ބުނީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް، އެ މީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށާއި އެއީ 51 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.