ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި، ވޯލްޑް ޓްރެވަލް އެވޯޑްސްގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން އެވޯޑް" ރާއްޖެއަށް ވިދިވިދިގެން ފަސް ވަނަ ފަހަރަށް ލިބިއްޖެއެވެ.
ޕޯޗުގަލްގެ މެޑީރާގައި ބޭއްވި އެ ހަފްލާގައި އެވޯޑާ ހަވާލުވެވަޑައިގަތީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ.
މިއަހަރު ކުރީ ކޮޅު ރާއްޖެއަށް ވަނީ ވޯލްޑް ޓްރެވަލް އެވޯޑްސްގެ އިންޑިއަން އޯޝަން ކެޓަގަރީން ވެސް މުހިންމު އެވޯޑުތަކެއް ލިބިފައެވެ. އެއީ އިންޑިއަން އޯޝަންސް ކެޓަގަރީގެ ލީޑިން ޑެސްޓިނޭޝަނާއި ލީޑިން ހަނީމޫން ޑެސްޓިނޭޝަނާއި ލީޑިން ގްރީން ޑެސްޓިނޭޝަނާއި ލީޑިން ޑައިވް ޑެސްޓިނޭޝަން އެވޯޑެވެ.
އެ އެވޯޑާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެފަދަ ޝަރަފުވެރި އެވޯޑުތައް ރާއްޖެއަށް ލިބެނީ ޓޫރިޒަމް ދާއިރާގެ ހުރިހާ އެންމެންގެ ބުރަ މަސައްކަތުން ކަމަށެވެ.
ދުނިޔޭގެ ޓޫރިޒަމާއި ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ފާހަގަކޮށްލެވޭ ޝަރަފު ރަމްޒުކޮށްދޭ ވޯލްޑް ޓްރެވަލް އެވޯޑްސް އަކީ 1993 ވަނަ އަހަރު ތައާރަފުކުރި، ދަތުރުފަތުރުގެ ދާއިރާގައި އެންމެ މަގުބޫލުކަން ހޯދައިފައިވާ އެވޯޑެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު