ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކަމުންދިޔަ ބިދޭސީ ފަސް އަންހެނަކާއި އެ މީހުންގެ ދެ އެޖެންޓުން ހައްޔަރުކޮށް، އޭގެ ތެރެއިން ތިން އަންހެނަކު ޑީޕޯޓް ކޮށްލައިފިއެވެ.
އިމިގްރޭޝަނުން ރޭ ބުނީ، ހަށިވިއްކަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނާއި ފުލުހުން ގުޅިގެން މި މަހު ހިންގި ހާއްސަ އިންސްޕެކްޝަންތަކެއްގައި ހައްޔަރުކުރީ ތައިލެންޑުގެ 21 އަހަރުގެ އަންހެނަކާއި ސައުތް އެފްރިކާގެ 42 އަހަރުގެ އަންހެނަކާއި އުގަންޑާގެ 46 އަހަރުގެ އަންހެނެއްގެ އިތުރުން ރަޝިއާގެ 38 އަހަރުގެ އަންހެނަކާއި ބަންގްލަދޭޝްގެ 36 އަހަރުގެ އަންހެނެކެވެ.
އެ މައްސަލައިގައި ބަންގްލަދޭޝް އަންހެން މީހާގެ އެޖެންޓުންގެ ގޮތުގައި އުޅުނު 37 އަހަރާއި 36 އަހަރުގެ ބަންގްލަދޭޝް ދެ ފިރިހެނުންވެސް ހައްޔަރުކުރިއެވެ.
އޭގެ ތެރެއިން ޑީޕޯޓް ކޮށްލާފައިވަނީ އުގަންޑާ، ސައުތް އެފްރިކާ އަދި ތައިލެންޑް ތިން އަންހެނުންނެވެ. އިމިގްރޭޝަނުން ބުނީ، ބާކީ ތިބި ހަތަރު ބިދޭސީން ޑީޕޯޓްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު