ހުޅުމާލޭގައި ކާރެއްގެ ތެރޭގައި ފިރިހެނަކު ރަހީނުކޮށް، ފައިސާއަށް ޑިމާންޑް ކުރި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުން ދޫކޮށްލައިފިއެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ ތަލާލް މޫސާ، ދަފްތަރު ނަންބަރު ރސ. 9022 (37އ) އާއި ހުމާމް އިބްރާހިމް (34އ)، ރަތްބަގީޗާގެ / ހދ. ކުމުންދޫ އާއި ހުސެއިން ހައިކަލް (23އ)، ގ. ކަޅަގާރިމާގެ އާއި އާދަމް ޝަރީފް (36އ)، ރަތްބަގީޗާގެ / ހދ. ކުމުންދޫ އަދި އަހުމަދު ރިޝްފާން (26އ)، ހުޅުމާލެ ފްލެޓް 04-1-71 އެވެ.
އެ މީހުން ހައްޔަރު ކުރީ މިމަހުގެ 11 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެ އޯކިޑްމާ ހިނގުމުގައި ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ހިފަހައްޓައި، އަނިޔާކޮށް، ބިރުދައްކައި އަދި އެމީހާގެ އާއިލާ މީހުންނަށް ގުޅައި ފައިސާއަށް ޑިމާންޑް ކުރި މައްސަލައެއްގައެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި ފަސް މީހުން ބަންދުގައި ބޭތިއްބުމަށް ނުފެންނާތީ، އެންމެން ވެސް މިއަދު ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު