ހުޅުމާލޭގައި މިއަދު ހުޅުވާ ދާލަން އެކްސްޕޯގައި ހުންނަ އެމްޓީސީސީގެ ސްޓޯލުން އެ ކުންފުނީގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެ އެކްސްޕޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު އަދި މާދަމާ، ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ރޭގަނޑު 10 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.
އެމްޓީސީސީން ބުނީ، ދާލަން އެކްސްޕޯގައި ހުންނަ އެ ކުންފުނީގެ ސްޓޯލުން 'ހުނަވަރު' ޕްރޮގްރާމާއި ކުންފުނީގެ ވަޒީފާތަކަށް ކުރިމަތިލެވޭނެ ކަމަށެވެ.
މި އެކްސްޕޯގައި އެމްޓީސީސީގެ ސްޓޯލް ހިމެނޭގޮތަށް 40 އަށްވުރެ ގިނަ ސްޓޯލް ހުންނާނެ ކަމަށް ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
އެމްޓީސީސީއަކީ ގިނަ އަދަދެއްގެ ދިވެހީން ވަޒިފާ އަދާކުރާ، ރާއްޖޭގައި ސިނާއީ މަސައްކަތްތައް ކުރާ އެންމެ ބިޔަ ކުންފުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު