އަންނަ އަހަރު ބަޖެޓް ސަޕޯޓަށް 766 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ހޯދަންޖެހޭއިރު، އެ ފައިސާ ނުލިބިއްޖެ ނަމަ ރިޒާވަށް އަސަރު ކުރާނެ ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ފައިނޭންސިންގެ ގޮތުގައި 19 ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވެއެވެ. އޭގެ ތެރެއިން ބޭރުގެ ފަރާތްތަކުން 12 ބިލިއަން ރުފިޔާ ހޯދަން ޖަހާފައިވާއިރު، ރާއްޖޭގެ ފަރާތްތަކުން ހޯދަން ޖަހާފައިވަނީ ހަތް ބިލިއަން ރުފިޔާއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ބަޖެޓާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން މުނައްވަރު ވިދާޅުވީ ބަޖެޓް ފައިނޭންސިންއަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން ރާވާފައިވާ ރިފޯމްގެ މަސައްކަތް ވަރަށް މުހިންމު ކަމަށެވެ.
"ސަރުކާރުން ރާވާފައިވާ ރިފޯމްގެ މަސައްކަތް ވަރަށް މުހިންމު. އެ ކަންތައް ކުރިއަށް ގެންދެވި އަޅުގަނޑުމެންގެ ރިޒާވް އިތުރަށް ބިލްޑް ވެގެން ދިއުން. އެއީ ރިޒާވް ބިލްޑް ނުވާ ކަމަށްވާނަމަ ރޭޓިން ކުންފުނިތައް ރޭޓް ކުރަމުންދާއިރުވެސް ރޭޓިން މަތިވުމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް އެބަހުރޭ،" ގަވަރުނަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ ޑޮމެސްޓިކް މާކެޓުން ބޮޑު އަދަދެއް ހޯދަން ޕްލޭން ކޮށްފައި އޮތް ނަމަވެސް އެމްއެމްއޭ މެދުވެރިކޮށް އެ ފައިސާ ހޯދުމަށް ބަޖެޓުގައި ނެތުމަކީ ރަނގަޅު ކަމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް އެމްއެމްއޭއަށް ބަރޯސާ ނުވެ، ދައުލަތުގެ ހަރަދުތައް ހަމަޖައްސަން ރޭވުން މުހިންމު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު