އެކިއެކި ގައުމުތަކަަށް ރާއްޖޭން ދައްކަންޖެހޭ ދަރަނީގެ ތެރެއިން 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޒަމީރު މިހެން ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ކުރިއަށް އޮތްތަނުގައި ދައުލަތުގެ ދަރަނި އަދާކުރުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރު ކޮމިޓީގައި ދެެއްކެވި ވާހަކަތަކާ ގުޅިގެން ޒަމީރު ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ ބޮޑު ޕަސެންޓެއް ދައްކަން ޖެހެނީ ވަކިވަކި ގައުމުތަކަށް ކަމަށެވެ. އެެހެން ގައުމުތަކާ ހިލާފަށް ރާއްޖޭގެ ދަރަންޏަކީ ބައިލެޓަރަލް ދަރަނި ކަމަށާއި އެހެންކަމުން ބައިލެޓަރަލް ރިލޭޝަންސްގެ ސަބަބުން ބައިލެޓަރަލް ޕާޓްނާސްގެ ގޮތުން ދަރަނި ދެއްކުމަށް ލުއި ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ، 1.5 ބިލިއަން ޑޮލަރުގެ ދަރަނި ރީފައިނޭންސް ކުރުމުގެ މަޝްވަރާތައް ފަރާތަކާއެކު މިހާރުވެސް ކުރިއަށްދާ ކަމަށާއި އެ މަޝްވަރާތަކުން ހެޔޮ ނަތީޖާއެއް ނެރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ފަރާތެއް ކަމެއް ވިދާޅެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު