ބަޖެޓް ސަޕޯޓަށް ބޭނުންވާ ލުއި ލޯނު ބޭރުގެ އެކިއެކި ފަރާތްތަކުން ލިބޭނެ ކަމަށް ނުބެލެވޭ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރު ބަޖެޓު ސަޕޯޓުގެ ގޮތުގައި ބޭރުގެ ފަރާތްތަކުން ޝަރުތުތައް ލުއިކޮށް، ލޯނު ލިބޭނެ ކަމަށް ބަޖެޓްގައި ވަނީ ހިމަނައިފައެވެ.
އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީގައި އޮޑީޓާ ޖެނެރަލްގެ ހައިސިއްޔަތުން ދެކޭ ގޮތް ހާމަކުރައްވަމުން ނިޔާޒީ ވިދާޅުވީ، ލުއި ލޯނު ލިބޭނެ ކަމަށް ނުބެލެވެނީ މިހާރު އޮތް ހާލަތުގައި ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލި، ކްރެޑިޓް ރޭޓިން ދަށް ހާލަތަކަށް ވެއްޓިފައިވާތީ ކަމަށެވެ.
އަދި އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓު ދެކޮޅުޖައްސަން އެކްސްޓާނަލް ފައިނޭންސިންގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހޯދަން ހިމަނާފައިވީ ނަމަވެސް އެއީ ސެކިއޯ ކުރެވިފައި ނުވާ ފައިސާއެއްކަން ފާހަގަވާ ކަމަށްވެސް ވިދާޅުވިއެވެ.
ނިޔާޒީ ވިދާޅުވީ، އެ ބަޖެޓުގައި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވީ ނަމަވެސް ދައުލަތުގެ ހަރަދުތައް ބޮޑުވުމަކީ ކަންބޮޑުވުމެއް ކަމަށާއި އެފަދަ ދަނޑިވަޅެއްގައި ހަރަދުތައް ކުޑަކުރަން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު