މާފުކޮށްދީގެންނާއި ލުއި ދިނުމުގެ ސަބަބުން އެކި ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ ތެެރެއިން ނުވަ ބިލިއަން ރުފިޔާ ނުލިބޭނެ ކަމަށް ނިންމާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް ދިރާސާކުރުމުގެ ގޮތުން މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ، އެ ފައިސާއަކީ 2020 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އޮގަސްޓް މަހާ ހަމައަށް ލިބެންޖެހޭ ފައިސާ ކަަމަށެވެ. ނަމަވެސް އެއީ ދައުލަތަށް ލިބެންޖެހި، ނުލިބި ލީކޭޖް ވެފައިވާ ފައިސާއެއް ކަމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
"ގާނޫނުގެ ތެރެއިން ލުއިތައް ދިނުން، އެގޮތުން ގާނޫނީ ނިޒާމުގެ ތެރެއިން ދައްކަން ޖެހި، ފައިސާ މާފުކޮށްދިނުމާއި ލުއިކޮށްދިނުމާއި ރީސްޓްރަކްޗާކުރުުމުގެ ތެރެއިން ލީކުވެފައިވާ ފައިސާ އެއް ކަމަށް ބަލަނީ،" ނިޔާޒީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެކަން ތަކުރާރުވިޔަ ނުދިނުމަށް ސިސްޓަމްތަކުގައި ހުރި އެކިއެކި ޕޮލިސީތައް ބަދަލުކޮށް، ދެފުށް ފެންނަ ހަރުދަނާ ނިޒާމެއް ގާއިމުކުރަންޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު