ދެހާސް ބާވީން ވަނަ އަހަރުން ފެށިގެން އެކި ގޮތް ގޮތުން ދައުލަތަށް ލިބެންޖެހޭ 23.6 ބިލިއަން ރުފިޔާ ނުލިބި އެބަ އޮތް ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ 2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ނިޔާޒީ ވިދާޅުވީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2022 ވަނަ އަހަރު 5.9 ބިލިއަން ރުފިޔާ، 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް 7.7 ބިލިއަން ރުފިޔާ އަދި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 10 ބިިލިއަން ރުފިހާ ދައުލަތަށް ނުލިބިވާ ކަމަށެވެ.
އެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވަމުން އަންނައިރު، ފައިސާ ނުހޯދިވާ މައިގަނޑު ސަބަބަކީ ގާނޫނު ތަންފީޒުކުރަން މީރާއަށް ހުރި ގޮންޖެހުންތައް ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
"އެކަން އެންފޯސްކުރަން ބަލާއިރު މީރާއަށް ގާނޫނީ ގޮތުން، ނޫނީ އިދާރީ ގޮތުން ލިބޭ ބާރުތައް ހަނިވެފައިވުމާއި މިކަހަލަ ގޮންޖެހުންތަކާ ހެދި އެންފޯސްމަންޓްގެ ތެރެއިން ދޫވެގެންދާ ބައިތައް މީގެ ތެރޭގައި ވަރަށް ބޮޑަށް ހިމެނިގެންދޭ،" ނިޔާޒީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ކަންތައްތައް ހައްލުކުރުމަށް ގާނޫނީ ގޮތުން މީރާއަށް ގާނޫނީ ބާރު ދޭންޖެހޭ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު