ޗައިނާއިން އުފެއްދި އެންމެ ފަހުގެ ޖެޓުތަކާއި ޑްރޯންތައް އެ ގައުމުގައި މިހަފުތާގައި އޮންނަ އެއާވޯވް ގައި ދައްކާލާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޗައިނާއިން އުފެއްދި އެންމެ ފަހުގެ ޖެޓުތަކުގެ އިތުރުން ފަހުގެ ޓެކްނިލޮޖީ އެކުލެވޭ ޑްރޯންތައް ދައްކާލުމަށް ބާއްވާ އެއާޝޯވްގައި އެ ގައުމުން ހަނގުރާމަމަތީ ގާބިލުކަން އިތުރުކުރުމާއި މިލިޓަރީ އާލާތްތައް އުފެއްދުމުގައި ހޯދައިފައިވާ ކުރިއެރުންތައް ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާއިން އެ ގައުމާ ހަތުރުވެފައިވާ އަވަށްޓެރި ގައުމުތަކާއި އެމެރިކާއާ ދެކޮޅަށް ހަނގުރާމަމަތީ ގާބިލުކަން އިތުރު ކުރަމުން އަންނަ އިރު ހަތިޔާރު އުފެއްދުމަށް ބޭނުންވާ އާލާތްތައް އެތެރެކުރަނީ ރަޝިޔާއިން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާއިން މިފަހަރު ދައްކާލުމަށް ހަމަޖެހިފައިވާ ޖެޓަކީ އެމެރިކާއިން އުފައްދާ އެފް-35 މަރުކާގެ ޖެޓުތަކާ އެއްގޮތް ނަމަވެސް އެއަށްވުރެ ބާރުގަދަ ޖެޓުތަކެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޗައިނާގެ އެއާ ޝޯގައި އެ ގައުމުން އުފައްދާފައިވާ އެންމެ ފަހުގެ މިސައިލުތައްވެސް ދައްކާލުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން އެއްފަހަރާ އެތައް ޑްރޯނެއް ވައިގެ ތެރޭގައި އުދުއްސާލުމުގެ ގާބިލުކަން ލިބޭ އުޅަނދެއްވެސް ދައްކާލުމަށް ހަމަޖެހިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ