ރ. މާކުރަތު ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ އަހުމަދު ޝާހީން 21އ. ތިންތަރި، މާކުރަތުއެވެ.

ފުލުހުން ބުނީ އޭނާ އެންމެ ފަހުން އާއިލާއަށް ހަބަރު ވެފައިވަނީ މިމަހުގެ ހަވަނަ ދުވަހު ފޯނުން ކަމަށެވެ. އެހެންވެ އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ޝާހީންގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.