ދިރާގުގެ ހިލޭ 5ޖީ ރައުޓަރެއް ލިބޭ ހާއްސަ ލިމިޓެޑް ޓައިމް އޮފާގެ މުއްދަތު އިތުރުކޮށްފިއެވެ.

ކަސްޓަމަރުންނަށް ހިލޭ 5ޖީ ރައުޓަރެއް ލިބޭ ހާއްސަ ލިމިޓަޑް-ޓައިމް ޕްރޮމޯޝަނެއް ދިރާގުން ފެށީ މި އަހަރުގެ އޮގަސްޓު 16 ވަނަ ދުވަހުއެވެ. އެ ޕްރޮމޯޝަން ކުރިން ކުރިޔަށް ގެންދަން ކުރިން ނިންމާފައި އޮތީ މިދިޔަ މަހުގެ ނިޔަލަށެވެ.

ނަމަވެސް ދިރާގުން މިއަދު ބުނީ، އެ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުރު ކޮށްފައިވާ ކަމަށެވެ.

އެ ޕްރޮމޯޝަންގެ ދަށުން އާ 5ޖީ ޓާބޯ 749 ނުވަތަ މަތީގެ ޕްލޭނަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށް ހިލޭ 5ޖީ ރައުޓަރެއް ލިބިގެންދާނެއެވެ. އަދި 5ޖީ ޓާބޯ ވައިފައި ޕްލޭން ތަކާއެކު ކަސްޓަމަރުންނަށް އިތުބާރު ކުރެވޭ، 5ޖީ ސްޕީޑްގެ ހަލުވި އިންޓަނެޓް ކޮންމެ ތަނެއްގައި ހުރެގެންވެސް ބޭނުންކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

"އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުންނަށް ތަފާތު ހިތްގައިމު އާ އޮފާތާކެއް ގެނެސްދީ، ފަސޭހަކަމާ އެކު އެފަރާތްތައް ގުޅުވާލަދިނުމަށް. އެގޮތުން ދިރާގު 5ޖީ ޓާބޯ ވައިފައި އާއެކު ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލޮވަންސްތަކުގެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ޕްލޭންތައް ހިޔާރު ކުރެވޭނެ. އަދި މިއާ އެކު އެފަރާތްތަކުގެ ހުރިހާ ސްޓްރީމިން، ބްރައުސިން އަދި ގޭމިން ބޭނުންތަކަށް 500 އެމްބީޕީއެސްއާ ހަމައަށް އިންޓަނެޓް ސްޕީޑް ތަޖުރިބާކޮށްލެވޭނެ،" ދިރާގުގެ މެނޭޖަރު އެކުއިޒިޝަންސް އެންޑް ސީއެލްއެމް ޖަނާ އިބްރާހިމް ވިދާޅުވިއެވެ.

ދިރާގުގެ 5ޖީ ޓާބޯ ޕޯސްޓްޕެއިޑް ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް ޑޭޓާ ރޯލްއޯވާ އާއެކު ބޭނުން ނުކުރާ ޑޭޓާ އެއް މަސް ދުވަހަށް ކުރިއަށް ގެންދެވޭނެއެވެ. އަދި މި ޕްލޭންތަކާ އެކު ހާއްސަ 5ޖީ ބޫސްޓާތައް ވެސް ނެގޭނެއެވެ.

ދިރާގުން ބުނީ، ހިލޭ 5ޖީ ރައުޓަރު ލިބޭ އޮފާ އާއި ދިރާގު 5ޖީ ޓާބޯ ވައިފައިއާ ބެހޭ އިތުރު މައުލޫމާތު https://bit.ly/3rklGxI ލިބޭނެ ކަމަށެވެ.