ހުޅުމާލެ ފަޅުތެރޭ އޮތް ސަފާރީއެއްގައި އަލިފާން ރޯވެ އަނދައި ހުލިވެއްޖެއެވެ.
އެމްއެންޑީއެފުން މިއަދު މީޑިޔާތަކަށް ބުނީ ހުޅުމާލެ ފަޅުތެރޭގައި އޮތް "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން އަންނަނީ ހަރަކާތްތެރިވަމުންކަމަށެވެ.
އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ފަތިހު 03:42 ހާއިރު ކަމަށާއި އެކަމާ ގުޅުން ހުރި އިތުރު މައުލޫމާތު ހިއްސާ ކުރާނެ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު