އިސްރާއީލަށް ޖާސޫސްކޮށްދިން ހަތަރު މީހަކު މަރަން އިރާންގެ ކޯޓަކުން ހުކުމްކޮށްފިއެވެ.
އިރާނުގެ ރެވެލިއުޝިނަރީ ކޯޓުން ހުކުމް ކޮށްފައިވަނީ އެ ގައުމަށް ނިސްބަތްވާ ތިން މީހަކަަށާއި އެހެން ގައުމެއްގެ މީހެއްގެ މައްޗަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ދެން ހިމެނޭ މީހަކީ ކޮން ގައުމެއްގެ މީހެއް ކަމެއް އިރާނުން ހާމަކޮށްފައެއް ނުވެއެވެ.
އިރާނުގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި، ހުކުމް ކުރި ހަތަރު މީހުންނަށް ކޮށްފައިވަނީ އެގައުމުގެ ނިއުކްލިއާ ސައިންޓިސްޓް މޮހްސެން ފަހްރިޒާދިން މަރާލުމަށް އިސްރާއީލުން 2020 ވަނަ އަހަރު ދިން ހަމަލާގައި އިސްރާއީލުގެ ޖާސޫސީ މައި އިދާރާ މޮސާޑަށް މައުލޫމާތު ދިން ކަމުގެ ދައުވާއެވެ.
އިރާނުން އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް އުފެއްދުމާއި އެ އިތުރަށް ފުރިހަމަކުރުމުގައި ބޮޑު ދައުރެއް އަދާކުރި ކަމަށް ހުޅަނގުން ތުހުމަތުކުރާ މޮހްސެން ފަހްރިޒާދިން އަށް ހުޅަނގުން ދިޔައީ ފާރަލަމުންނެވެ.
މޮހްސެން ފަހްރިޒާދިންގެ މަރާއެކު އިސްރާއީލުން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ އެ މިޝަން ކުރިއަށް ގެންދިއުމުގައި އިރާނަށް ހަތިޔާރު އެތެރެކޮށްފައިވާ ކަމަށް އެއްބަސްވެފައެވެ. އަދި އެކަމުގައި މޮސާޑުގެ އޮފިޝަލުންނާއި އިރާނުގެ މީހުން ބައިވެރިވި ކަމަށް އޭރު ރިޕޯޓުކޮށްފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ