އުތުރު ކޮރެއާ އިން އިންޓަ ކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްއެއް ޓެސްޓުކޮށްފިއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން އަންނަ އަންގާރަ ދުވަހު ބާއްވަން ނިންމާފައި ވަނިކޮށް އުތުރު ކޮރެއާ އިން މިދިޔަ ބުރާސްފަތި ދުވަހު ޓެސްޓުކުރި އެ މިސައިލްއަކީ އެ ގައުމުން މިހާތަނަށް ޓެސްޓު ކުރި މިސައިލްތަކުގެ ތެރެއިން އެންމެ ދުރަށް ދަތުރުކޮށްފައިވާ މިސައިލްއެވެ. އެގޮތުން އެ މިސައިލް 1،000 ކިލޯމީޓަރަށް ދަތުރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އަދި ޖަޕާނުން ވަނީ އުތުރު ކޮރެއާގެ އެ މިސައިލް 86 މިނެޓަށް ދަތުރުކުރި ކަމަށްވެސް ބުނެފައެވެ.
އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލްއެއް ޓެސްޓު ކުރި އިރު، ދެކުނު ކޮރެއާ އިން ވަނީ އެމެރިކާގެ ރިޔާސީ އިންތިހާބާ ދިމާކޮށް އުތުރު ކޮރެއާ އިން މިސައިލް ޓެސްޓެއް ކުރާނެކަމުގެ އިންޓެލިޖެންސް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ