އިސްރާއީލުން ހަމަލާ ދިން ކަމުގައިވިޔަސް މިސައިލު އުފެއްދުމަށް ދަތިކަމެއް ނާންނަ ކަމަށް އިރާނުން ބުނެފިއެވެ.
އިރާނުގެ ޑިފެންސް މިނިސްޓާ އަޒީޒް ނާސިރްޒަދީ ވަނީ އިސްރާއީލުން އިރާނަށް ދިން ހަމަލާގެ ސަބަބުން ލިބުނު ގެއްލުން ކުޑަ ކަމަށް ވިދާޅުވެފައެވެ.
އިރާނުގެ ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިދިޔަ ހޯމަ ދުވަހު އިސްރާއީލުގެ ޑިފެންސް މިނިސްޓްރީން އެގައުމުން އިރާނަށް ހަމަލާދިނުމުގައި ހަރަކާތްތެރިވި ޕައިލެޓުންނަށް މަރުހަބާ ކިޔައި އިރާނުގެ ހަތިޔާރު އުފައްދާ ތަންތަނަށް ހަމަލާ ދީފައިވާނޭ ކަމަށް ބުނުމާ ގުޅިގެން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އެމެރިކާގެ ދިރާސާކުރާ ފަރާތްތަކާ ހަވާލާދީ ރޮއިޓާސް އިން ވަނީ އިސްރާއީލުން އިރާނަށް ދިން ހަމަލާގައި އިރާނުން ބެލިސްޓިކް މިސައިލުތަކަށް ބަޑިބޭސް އެޅުމަށް ބޭނުންކުރާ އިމާރާތަށް ހަމަލާ ދީފައިވާކަމަށް ބުނެފައެވެ.
އިރާނާއި އިސްރާއީލާ ދެމެދު ހަމަނުޖެހުން ބޮޑުވެ އެންމެ ފަހުން ހަމަލާދޭން ފަށާފައިވާއިރު އިސްރާއީލުން ދާދިފަހުން އިރާނަށް ދިން ހަމަލާގެ ބަދަލުގައި އިރާނުން ބަދަލުހިފާނެ ކަމަށް އޮފިޝަލުން ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ