ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގުކުރާ ކޮރަޕްޝަންގެ މައްސަލަތަކަކާ ގުޅިގެން ކްރިމިނަލް ކޯޓުގައި އެދިގެން ސައީދުގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން އެ ކޮމިޝަންގެ އޮފިޝަލަކު މިއަދު ވަނީ "ވަން"އަށް ކަށަވަރުކޮށްދެއްވައިފައެވެ.
މިދިޔަ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިރުވެސް، ސައީދަށް ވަނީ ގިނަ ތުހުމަތުތަކެއް ކޮށްފައެވެ. އެގޮތުން އެ ތުހުމަތުތައް އޭރު ސަރުކާރަށް ހުށަހެޅި ނަމަވެސް، އެ މައްސަލައިގައި ގޮތެއް ނިންމިފައެއް ނުވެއެވެ.
އެމްޑީގެ މަގާމުގައި ސައީދު ހުންނެވި އިރު، ބައެއް ރަށްރަށުގައި އިންޖީނުގެ އެޅުމާއި އޮފީސް އިމާރާތްތައް އެޅުމުގެ ޕްރޮޖެކްޓުތައް ދިނުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އޭސީސީއަށް މައްސަލަ ވަނީ ހުށަހަޅައިފައެވެ. އެގޮތުން ފެނަކައިގެ ބައެއް އިސްވެރިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހަވާލުކުރި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.
ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ވެސް ވަނީ މިދިޔަ ސަރުކާރުގައި އެ ކުންފުނިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. އެކަމާ ގުޅިގެން ފެނަކަ، ވަރަށް ބޮޑަށް ދަރަނިވެރިވެފައިވާކަން މިހާރުގެ މެނޭޖްމަންޓުން ފާހަގަކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު