ސައޫދީ އަރަބިއްޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް އައްޔަންކުރުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް މ. ވެސްޓް ސައިޑް އަހުމަދު ސަރީރު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުން ދީފިއެވެ.
ދިވެހި ހާރިޖިއްޔާގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި މިވަގުތު ހުންނެވި އަހުމަދު ސަރީރު، އެންމެ ފަހުން ހުންނެވީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް، އޯއައިސީގެ ޑިރެކްޓާ އޮފް އޭޝިއަން އެފެއާސްގެ މަގާމުގައެވެ.
ސަރީރަކީ 1986 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖީ ދާއިރާގެ އެކި މަގާމުތަކާއި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އެކި ފެންވަރުގެ މަގާމުތައް އަދާކުރެއްވި ބޭފުޅެކެވެ.
އޭގެ ތެރޭގައި ފޮރިން ސެކްރެޓަރީގެ މަގާމާއި، އ.ދ. އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ޕާމަނަންޓް ރެޕްރެޒެންޓެޓިވްގެ މަގާމާއި، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ.
މީގެ އިތުރުން ބަންގުލަދޭޝަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމާއި، އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުކަމުގެ މަގާމާއި، އެމެރިކާ، ބަންގްލަދޭޝްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގެ އިތުރުންވެސް ހާރިޖިއްޔާގެ އެހެނިހެން އިސް ގިނަ މަގާމުތަކެއް ފުރުއްވާފައިވެއެވެ.
އަހްމަދު ސަރީރު ވަނީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަސިޓީން ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ރޮނގުން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު