ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އޮޑިޓާ ޖެެނެރަލް ހުސެއިން ނިޔާޒީ އާއި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު، މާދަމާ ސަޕްލިމެންޓްރީ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، އެބޭފުޅުން ކޮމިޓީއަށް ހާޒިރުކުރަން ހުށަހެޅުއްވީ، ޕީއެންސީގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ. ތާއީދު ކުރެއްވީ ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބެވެ.
ނަމަވެސް އެބޭފުޅުންގެ ތެރެއިން ފިނޭންސް މިނިސްޓަރު ކޮމިޓީއަށް ވަޑައިގަންނަވާއިރު، މިއަހަރުގެ މިހާތަނަށް މިއަހަރުގެ ބަޖެޓުން ކުރި ހަރަދުތަކާބެހޭ ތަފްސީލް ކޮމިޓީއަށް ގެނައުމަށް އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްރުލްގަފޫރު މޫސާ ހުށަހެޅުއްވިއެވެ. ތާއީދު ކުރެއްވީ، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހްމަދު ޝަމްހީދެވެ. ނަމަވެސް އެ ހުށަހެޅުން ފާހެއް ނުކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު