ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށްޓަކައި، މިއަހަރުގެ ކުރިއަށް އޮތްތަނަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު އިންތިހާބުކޮށް، ބަޖެޓް ދިރާސާކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ސަރުކާރުން ހުށަހެޅީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެކެވެ. މަޖިލީހުގައި އިބްތިދާއީ ބަހުސް ނިންމައި، އިތުރަށް ދިރާސާކުރުމަށް ބަޖެޓް ކޮމިޓީއަށް ފޮނުވަން މަޖިލީހުން ފާސްކުރީ މިމަހުގެ 24 ވަނަ ދުވަހުއެވެ.
މިއަދު 10:15 ގައި ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި، އެ ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ އިންތިހާބު ކޮށްފައެވެ. ނައިބު މުގައްރިރަކަށް އިންތިހާބު ކުރީ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
ކޮމިޓީގެ ކޯރަމާއި ކޮމިޓީން ކަންކަން ފާސްކުރަން ބޭނުންވާ ކޯރަމާއި ކޮމިޓީއަށް މީހުން ހާޒިރުކުރާ ކޯރަމަކީ 12 މެންބަރުން ކަމަށް ވަނީ ކޮމިޓީން ފާސްކޮށްފައެވެ.
މަޖިލިސް ތަޅުމުން ފާސްކުރި ގޮތަށް، ކޮމިޓީން ފާސްކުރީ ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް ކޮމިޓީން މިއަދު ފާސްކޮށް، މަޖިލިސް ތަޅުމަށް ފޮނުވުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު