އިޒްރޭލުން ދިން ހަމަލާތަކުގައި އިރާނުން ހަތަރު މީހުން ޝަހީދުވެއްޖެއެވެ.
އިޒްރޭލުން އިއްޔެ ވައިގެމަގުން އިރާނަށް ދިން ހަމަލާތްކުގައި އިރާނުން ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް ހަތަރަކަށް އަރާފައިވާ ކަމަށާއި އެއީ އެގައުމުގެ ހަތަރު ސިފައިން ކަމަށް އޮފިޝަލުން ބުންޏެވެ.
އިޒްރޭލުން އިރާނަށް ހަމަލާ ދިނުމުން، އިރާނުން ވަނީ އެގައުމުގެ އާންމުން ރައްކާތެރި ކުރުމުގައި ހައްދެއް ނުބަލާނެ ކަމަށާއި އިރާނު ރައްކާތެރިކުރާނެ ކަމަށް ބުނެފައެވެ.
އިރާނުން ވަނީ އިޒްރޭލުން އެގައުމަށް ހަމަލާ ދިނުމުގައި ބޭނުން ކޮށްފައިވަނީ އިރާގުގެ ވައިގެ ސަރަހައްދު ކަމަށް އިރާނުގެ ފޯސްގެ އޮފިޝަލުން ބުނެފައިވެއެވެ.
އިރާނުގެ ފޯސްގެ އޮފިޝަލުން ވަނީ އިރާނުގެ ވައިގެ ޑިފެންސް ސިސްޓަމުން އެގައުމަށް ގެއްލުން ކުޑަކޮށްފައިވާ ކަމަށް ބުނެފައެވެ.
މީގެ މަހެއް ކުރިން އިރާނުން އިޒްރޭލުން 200 އަށްވުރެ ގިނަ މިސައިލް ފޮނުވައި ދިން ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ދިން ހަމަލާތައް އަމާޒު ކޮށްފައިވަނީ އިރާނުގެ މިލިޓަރީ ސަރަހައްދުތަކަށް ކަމަށް އިޒްރޭލުން ބުނެފައިވެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ