އެލޯވެރާ ގަހަކީ ހަމުގެ ފަރުވާގައި މުހިންމު އެއްޗެއްގެ ގޮތުގައި ބެލެވޭ ގަހެކެވެ. ހަމުގެ ގުދުރަތީ ތެތްކަން ހިފަހައްޓައި އަދި ފިނިކޮށްދޭ އެއްޗެކެވެ.
އެލޯވެރާގެ ސަބަބުން ހަންގަނޑުގެ ހިކިކަން ފިލުވައިދީ ހިކިފައި ހުންނަ ހަމަށް އާރޯކަން ގެނުވައެވެ. ހަމުގައި ހުންނަ ކަޅު ތަންތަން ފިލުވައިދެއެވެ. އަލޯވެރާގައި މުހިންމު ވިޓަމިންތަކާއި، އެންޒައިމްތަކާއި މިނަރަލްތައް ހިމެނެއެވެ. މީގެ އިތުރުން މިއީ އެމިނޯ އެސިޑްތަކާއި ސެލިސިލިކް އެސިޑުން މުއްސަނދި އެއްޗެކެވެ. ދުވަހުން ދުވަހަށް ކުރާ ހަމުގެ ފަރުވާގައި އަލޯވެރާ ބޭނުންކުރެވިދާނެ ފަސް ގޮތެއް ތިރީގައި އެވަނީ އެވެ.
އެލޯވެރާ ޖެލް މޮއިސްޗަރައިޒަރެއްގެ ގޮތުގައި ބޭނުންކުރުމަކީ އާންމު ކަމެކެވެ. ނަމަވެސް، އިތުރަށް ތެތްކަން ދިނުމަށްޓަކައި މޫނުގައި މާސްކެއްގެ ގޮތުގައި ބޭނުންކުރުމަށް ވިސްނާލާށެވެ. އޭގެ ހުރިހާ ފައިދާއެއް ލިބިގަތުމަށްޓަކައި މަދުވެގެން 10 މިނެޓަށް ސާފު އަލޯވެރާ ޖެލް މޫނުގައި އުނގުޅާށެވެ. މި ފުން ތެތްކަމުން ހަން ބަދަލުކޮށްލައި ލުއިކޮށްލައި އޮމާން ކޮށްދޭނެއެވެ. ދިރިއުޅެނީ ވަކީން ފިނި ނުވަތަ ވައި ތަގައްޔަރު މާހައުލެއްގައި ނަމަ، އަލޯވެރާ ޖެލް މާސްކަކީ ވަރަށް ބޮޑު އެހީއަކަށް ވެދާނެއެވެ. ނަމަވެސް، މާސްކް މުޅި ރޭގަނޑު ނުބާއްވާށެވެ. އެހެން ހެދުމުން ހަން ފާރުވެދާނެއެވެ.
އަލޯވެރާއަކީ ހަން ރަތްވުން ކުޑަކުރުމަށް ބޭނުންތެރި އެއްޗެކެވެ. ހަން ރަތްވުމުގެ އިތުރުން ދުޅަވުމަށް ވެސް މިއީ ފަރުވާއެކެވެ. މޫނުގައި ނުކުންނަ ފޮޅުތަކުގެ ސަބަބުން ރަތްވާ ރަތްވުންވެސް މަދުކޮށްދެއެވެ. ހަމައެކަނި އެލޯވެރާ ގަހުގެ ތާޒާ ފަތެއް ކަނޑާފައި ފްރީޒަރުގައި ބާއްވާށެވެ. ދެން އޭގެ ޖެލް މޫނުގައި އުނގުޅާށެވެ. ވަގުތުން ދުޅަވުން ކުޑަވާނެއެވެ. ރަތްވުމާއި ދުޅަ ތިރިވުމުން ހަން ފެންނާނީ ޒުވާންކޮށް، ދުޅަހެޔޮކޮށް އަދި އޮމާންކޮށެވެ.
އެލޯވެރާއަކީ ހަމަށް ތެތްކަން ދޭ އެއްޗެކެވެ. ގުދުރަތީގޮތުން އުފައްދާފައިވާ، ފަސޭހައިން ލިބެންހުރި މޮއިސްޗަރައިޒަރެއް ބޭނުންވާނަމަ، އަލޯވެރާއަކީ ވަރަށް ރަނގަޅު ފަރުވާއެކެވެ. މިއިން ހަމުގެ ޓެކްސްޗަރ އޮމާންކޮށްދީ އަދި ތެތްކަން ގިނައިރަށް ހިފަހައްޓައިދެއެވެ. ސަބަބަކީ ޖެލްގެ ބޮޑުބައެއް އެކުލެވިގެންވަނީ ފެނުންކަމަށް ވުމެވެ. ފެން އެކުލެވިފައިވީ ނަމަވެސް، ބައެއް މޮއިސްޗަރައިޒަރުތަކާ ހިލާފަށް، ހަމުގައި ބެދިފައިވާކަމުގެ ނުވަތަ ތެޔޮވެފައިވާ ކަމުގެ އިހުސާސެއް އެލޮވެރާގެ ސަބަބުން ނުކުރުވާނެއެވެ. ތެތްކަން ލިބި މޮއިސްޗަރައިޒް ކުރެވިފައިވާ ހަމެއްގައި ގުދުރަތީ އުޖާލާކަމަކާއި ފިނިކަމެއް ހުރެއެވެ. މިކަން ހާސިލުކުރެވޭނީ ގަވާއިދުން އަލޯވެރާ ބޭނުންކުރުމުންނެވެ.
މޫނުގައި ނަގާ ބިހީގެ ނިޝާންތައް މަދުކޮށް، އުޖާލާ މޫނެއް ބޭނުންވާ ނަމަ، އެލޯވެރާއަކީ ހަމުގެ ކުލަ އެއްވަރުކޮށްދިނުމަށް އެހީތެރިވެދޭ ވަރަށް ރަނގަޅު ގުދުރަތީ ފަރުވާއެކެވެ. އަލޯވެރާ ޖެލްގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކާއި އެންޒައިމްތަކަކީ ހަމުގެ ކުލަ އުޖާލާކޮށްދީ އެއްވަރުކޮށްދޭ އެއްޗެހިތަކެކެވެ. މިއިން ކުރީގެ ބިހިތަކުގެ ނިޝާންތައް ފިލުވައިދެއެވެ. އަދި އާ ބިހީގެ ނިޝާންތައް އުފެދުން ހުއްޓުވައިދެއެވެ. މީގެ އިތުރުން މިއީ ބެކްޓީރިއާ މަރާ ސިފަތަކުން ފުރިފައިވާ އެއްޗަކަށްވުމުން، ޖުމުލަކޮށް ބިހިނެގުން ހުއްޓުވުމަށް ވެސް އެހީތެރިވެދެއެވެ.
އެލޯވެރާއިން މައިގަނޑު ގޮތެއްގައި ހަން މަޑުމައިތިރިކޮށް އޮމާންކޮށްދެއެވެ. ނަމަވެސް، ވަކި ކަންތައްތަކަށް އަމާޒުކޮށް އެހެން ތަކެއްޗާއެކު މިކްސްވެސް ކުރެވިދާނެއެވެ. ތެތްކަން އިތުރުކުރުމަށް، އެލޯވެރާއާއެކު މާމުއިވެސް އެއްކުރެވިދާނެއެވެ. ބިހިނަގާ ހަމެއްނަމަ، ރީނދުލާ އެއްކުރެވިދާނެއެވެ. ތެޔޮވެފައިވާ ހަމެއްނަމަ، ލުނބޯ ފެން އިތުރުކުރެވިދާނެއެވެ. ހަން އެކްސްފޯލިއޭޓް ކުރަން ބޭނުންވާ ނަމަ، ގުދުރަތީ އުޖާލާކަމެއް ހޯދުމަށް އަލޯވެރާއާއެކު ކޮފީވެސް އެއްކުރެވިދާނެއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް