ކެފޭއެއްގެ ފުރާޅުމައްޗަށް މީހަކު ވެއްޓިގެން ފަރުވާދޭން ފަށައިފިއެވެ.

މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ މާފަންނު ޖޭޒް ކެފޭގެ ފުރާޅުމައްޗަށް އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނަކު ވެއްޓިގެން އުޅޭކަމަށް މިރޭ 11:14 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ އެހީތެރިކަމާއެކު އެމީހާ ނަގައިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި ސީންގައި އަދި ހޮސްޕިޓަލުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އިތުރު މައުލޫމާތު ލިބުމުން ހިއްސާކުރާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.