މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން އިއްޔެގެ ނިޔަލަށް 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު، އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝުޖާއު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތްތަކުގެ ތެރެއިން މި ސަރުކާރުން މިހާތަނަށް 177 ކިލޯގެ މަސްތުވާތަކެއްޗާއި 8300 އަށްވުރެ ގިނަ ބަނގުރާ ފުޅި އާއި ދަޅު އަތުލައިގެންފައިވާ ކަމަށެވެ.
"މިއީ ގާތްގަނޑަކަށް މަގުމަތީގެ މި ތަކެތީގެ އަގަށް ބަލައިކަމުގައި ވެއްޖެއްޔާ 328 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ތަކެތީގެ ވާހަކަ އަޅުގަނޑު މި ދައްކަނީ،" ޝުޖާއު ވިދާޅުވިއެވެ.
ސުޖާއު ވިދާޅުވީ، އަތޮޅުތެރެއާއި މާލޭގައި މަސްތުވާތަކެއްޗާ ގުޅޭ 155 އޮޕަރޭޝަން ހިންގައި، 900 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 145 ބިދޭސީންވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ސުޖާއު އުތުރަށް ވިދާޅުވީ، އިއްޔެގެ ނިޔަލަށް މަސްތުވާތަކެއްޗާ ގުޅުންހުރި 335 މައްސަލަ ތަހުގީގުކޮށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު