ރާއްޖޭގެ ކަރަންޓުގެ ހިދުމަތް އިއާދަކުރެނިވި ހަކަތައަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފަށަން ހަމަޖެހިފައިވާ "މަގޭ ސޯލާ" ޕްރޮގްރާމުގެ ދަށުން ސޯލާ ހަރުކުރުމުން، އިރުއިރުކޮޅާ ކަރަންޓު ބިލު ބޮޑުވަމުންދާ މައްސަލަ ހައްލުވާނެ ކަމަށް އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ތޯރިގު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް، މިނިސްޓަރާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
ނާޒިމް މިނިސްޓަރާ ކުރެއްވި ސުވާލުގައި ވިދާޅުވީ، ކަރަންޓު ބިލަށް ދައްކަންޖެހޭ ފައިސާ މަހުން މަހަށް ކުއްލި ކުއްލިއަށް ބޮޑުވަމުންދާ ކަަމަށާއި ރައްޔިތުންގެ އެ ކަންބޮޑުވުން ހައްލު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްްކަތްތަަކަކީ ކޮބައިތޯއެވެ.
އެ ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކަަރަންޓު ބިލު ކުޑަކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް، އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ރާއްޖެއަށް ތެޔޮ އެތެރެކުރަން ބޮޑެތި ހަރަދުތަކެއް ކުރަން ޖެހިފައިވާ އިރު، މިހާރުވެސް ޓެރިފްގެ އަދަދު ކަނޑައަޅަނީ އެކަމަށް ދާ ހަރަދަށްވުރެ ކުޑަކޮށް ކަމަށްވެސް ވިދާޅުވިއެވެ.
ކަރަންޓު ބިލު ބޮޑުވާ މައްސަލަ ހައްލު ކުރެވޭނީ، މުޅި ސިސްޓަމް ރަނގަޅުކުރެވިގެން ކަމަށާއި އެކަމަށްޓަކައި މުޅި ރާއްޖޭގައި ރިނިއުބަލް އެނަޖީސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސް ނެންގެވުމުގެ މަތިން ރާއްޖޭގެ ކޮންމެ ސަރަހައްދެއްގެ ކަރަނަޓުގެ 31 ޕަސެންޓަކީ އިއާދަކުރަނިވި ހަކަތަައަށް ހެދުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ގޭބިސީތަކުގެ ކަރަންޓު ބިލު ކުޑަކުރުމަށް އެހީވެދޭ "މަގޭ ސޯލާ" ޕްރޮގްރާމުގެ ދަށުން ރާއްޖެ ގެންނަ ފުރަތަމަ ޔުނިޓުތައް ރާއްޖެ ގެނައުނުުގެ މަގުމަތީގައިވާ ކަމަށާއި، އެ ޕްރޮގްރާމްގެ ދަށުން ގޭގޭގެ ފުރާޅުގައި ސޯލާ ހަރުކުރުމުން ކަރަންޓު ބިލު ބޮޑުވާ މައްސަލައަށް ހައްލު އަންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު