ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމާއި ހެޔޮ ދުއާކުރުމަކީ މުސްލިމުން ކުރަން ޖެހޭނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީ މީޑިޔާގައި މިއަދު ކުރި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، މިއަދު ފަލަސްތީނާއި އިޒްރޭލާ ދެމެދު ކުރަމުން އަންނަ ހަނގުރާމަ ހުއްޓުވައި މެދުއިރުމައްޗަށް ސުލްހަ ގެނައުމަކީ އެތައް ބައެއްގެ ފުރާނަ ސަލާމަތްވުމުގެ އުއްމީދު ކަމަށެވެ.
އެކަމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައިން މަސައްކަތް ކުރަން ޖެހޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.
އޭގެ އިތުރުން އިސްތިއުމާރީ ބާރުތަކުން ފަލަސްތީނު މިނިވަންކޮށް ދައުލަތް ގާއިމުކުރުމަށް އެގައުމުގެ ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން، އިސްލާމީ އަހުލާގީ ހުދޫދުގެ ތެރޭގައި ތިބެ، އަޑު އުފުލައި، ވަކާލާތުކުރުމާއި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ ގޮތުން އެހީތެރިވުމާއި ހެޔޮ ދުއާކުރުމަކީ މުސްލިމުން ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
މިިނިސްޓަރު ވަނީ ފަލަސްތީނާއި ލުބްނާނުގައި ކުރަމުންގެންދާ ހަނގުރާމަ ވަގުތުން ހުއްޓުވައި އިންސާނީ އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން އަވަސް ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު