48 ގަޑިއިރުތެރޭ އިންޑިއާގެ 10 ފްލައިޓަކަށް ބޮމުގެ އިންޒާރު ދީފިއެެވެ.
އެ އިންޒާރުތަކާ ގުޅިގެން އެއާ އިންޑިއާ އިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކުރަމުން އަންނަ ފްލައިޓުތަކުގެ ތެރެއިން ގިނަ ފްލައިޓުތަކެއް ޑިލޭވެ، އަނެއް ބައި ފްލައިޓްތައް ވަނީ ޑައިވާޓްކޮށްފައެވެ.
އޭގެ އިތުރުން އަންގާރަ ދުވަހު ދަތުރުކުރަމުން ދިޔަ އެއާ އިންޑިއާ އެކްސްޕްރެސްގެ ފްލައިޓަށް ބޮމުގެ އިންޒާރު ލިބުމާއެކު ސިންގަޕޫރުގެ އެއާފޯސް އިން ވަނީ ފައިޓާ ޖެޓް ފޮނުވައި އެ ފްލައިޓު އެސްކޯޓްވެސް ކޮށްދީފައެވެ. އަދި އެއާ އިންޑިއާ އިން ދިއްލީ އިން ޗިކާގޯއަށް ދިޔަ ފްލައިޓުގައިވެސް ބޮމެއް އޮތް ކަމަށް ބުނެ އިންޒާރު ލިބުމާއެކު ވަނީ ކެނަޑާއަށް ޖައްސައިފައެވެ.
އިންޑިއާގެ ސިވިލް އޭވިއޭޝަން ބުނާ ގޮތުން ބޮމުގެ އިންޒާރު ދީފައިވަނީ އެއާ އިންޑިއާ އާއި އިންޑިގޯގެ އިތުރުން ސްޕައިސް ޖެޓާއި އަކްސާ އެއާގެ ފްލައިޓުތަކަށެވެ. އެ އިންޒާރު ދީފައިވަނީ އޮންލައިންކޮށް ކަމަށްވެސް ބުނެފައިވެއެވެ.
އިންޑިއާގެ ފްލައިޓްތަކަށް ދެމުން އަންނަ ބޮމުގެ އިންޒާރުތަކާ ގުޅިގެން އެ ގައުމުގެ އެއާޕޯޓަކުގައި ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ކޮންމެ އެއާޕޯޓެއްގައި ބޮމުގެ އިންޒާރުތަކަށް ހާއްސަ ކޮމިޓީއެއް އެކުލަވާލާފައިވާއިރު އެއާޕޯޓުތަކުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ