ބޮމުގެ އިންޒާރަކާއެކު އެއާއިންޑިއާ ފްލައިޓެއް އިމަޖެންސީގައި ޖައްސައިފިއެވެ.

އިންޑިއާގެ ވެރިރަށް ނިއުދިއްލީން ޝިކާގޯއަށް ދަތުރުކުރި އެއާއިންޑިއާގެ ފްލައިޓް އޭއައި127 ގައި ބޮމެއް އޮތް ކަމަށް ބުނެ ލިބުނު އިންޒާރަކާއެކު ފްލައިޓު ޑައިވާޓްކޮށް ޖެއްސީ ކެނެޑާއަށެވެ. މި އިންޒާރު ލިބިފައިވަނީ އޮންލައިންކޮށް ކަމަށާއި އެހެން ނަމަވެސް ސެކިއުރިޓީ ސަބަބުތަކަށް ޓަކައި، އުސޫލުތައް އޮންނަ ގޮތުން ބަލާން ޖެހޭ ކަންކަން ބެލީ ކަމަށް އެއާލައިނުން ބުނެއެވެ.

ކެނެޑާއަށް ފްލައިޓު ޖައްސައި ފްލައިޓުން ދަތުރުކުރި އެންމެން ބާލައި ފަހަރަކު މީހަކު ސްކްރީން ކޮށްފައިވާކަމަށް އޮފިޝަލުން ބުނެއެވެ. އެއާ އިންޑިއާއިން ވަނީ ކެނެޑާގެ އެޖެންސީތައް މެދުވެރިކޮށް ދަތުރުވެރީންނަށް އެހީތެރިކަން ދެމުން އަންނަކަމަށާއި ކަމާބެހޭ އިދާރާތަކުގެ އިރުޝާދާ އެއްގޮތައް އެއާލައިނުން އަމަލު ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.

މިދިޔަ ހޯމަ ދުވަހު މުމްބާއީން ނިއުޔޯކަށް ދަތުރުކުރި އެއާ އިންޑިއާ ފްލައިޓުވެސް ވަނީ ބޮމުގެ އިންޒާރެއް ލިބުމުން ދިއްލީއަށް ޑައިވާޓް ކޮށްފައެވެ.