ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކ. ގާފަރުގައި މިއަދު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.
ބީއެމްއެލް އިން މުޅި ރާއްޖެއަށް ބޭކިން ހިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގާފަރުގައި މިއަދު ހުޅުވި އޭޓީމީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި އިންޗާޖް އޮފް ދަ ބޭންކް އާއިޝަތު ނޫރައްދީން ވިދާޅުވީ ގާފަރުގައި އަލަށް ހުޅުވި އޭޓީއެމްއަކީ އ ބޭންކުގެ ކަސްޓަމަރުން ބޭނުންވާފަދަ ބޭންކިން ހިދުމަތެއް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ މިސާލެއް ކަމަށެވެ.
އަދި ގާފަރުގައި ދޭން ފެށި އޭޓީއެމް ހިދުމަތާއެކު ކާފު އަތޮޅުގައި ކާށިދޫ އަދި މާފުށީގައި ގާއިމުކޮށްފައިވާ ދެ ބްރާންޗުގެ އިތުރުން މީހުން ދިރިއުޅޭ އިތުރު ހަ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދޭން ފަށާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު