ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖޭގެ ވިޔަފާރި އާއި ޓޫރިޒަމް ފްރޮމޯޓް ކުރައްވަން މުމްބާއީއަށް ވަޑައިގެންފި އެވެ.
އެ މަނިކުފާނު މުމްބާއީއަށް ވަޑައިގެންނެވީ މީގެ އިރުކޮޅެއް ކުރިންނެވެ.
އެނގިފައިވާ ގޮތުގައި، ރައީސް މުމްބާއީއަށް ވަޑައިގެންނެވީ، ރާއްޖޭގެ ވިޔަފާރިއާއި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބައްދަލުވުންތަކަށެވެ. އެކަމަށްޓަކައި މިއަދު ހަވީރު ހާއްސަ އިވެންޓްތަކެއް އޮންނާނެކަންވެސް އެނގިފައިވެއެވެ. އެ އިވެންޓުގައި ބޮލީވުޑްގެ ބައެއް ސެލެބްރިޓީންވެސް ބައިވެރިވާނެއެވެ.
- 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއްގައި ސޮއިކުރުން.
- ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހެދުން
- ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ރަންވޭ އިފްތިތާހުކުރުން
- އިންޑިއާ އިން ހުޅުމާލޭ ފޭސް ދޭއްގައި ހަދާފައިވާ 700 ހައުސިން ޔުނިޓްގެ މަސައްކަތް ނިންމައި ހަވާލުކުރުން
- ކޯޕަރޭޝަން ބިޓުވީން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްއާއި ރާޝްތްރިޔާ ރަކްޝާ ޔުނިވާސިޓީއާ ދެމެދު އެކުލަވާލި އެއްބަސްވުން
- އެކްސްޓެންޝަން އޮފް ދަ މެމޮރަމްޑަން އޮފް އަންޑަސްޓޭޏްޑިން ބިޓްވީން މޯލްޑިވްސް އެންޑް މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އޮފް ދަ ރިޕަބްލިކް އޮފް އިންޑިއާ އޮން ކޯޕަރޭޝަން އިން ސްޕޯޓްސް އެންޑް ޔޫތު އެފެއާޒް
- ކޮރަޕްޝަން މަދުކުރުމަށް ގުޅިގެން މަސައްކަތް ކުރުމަށް، އެންޓި ކޮރަޕްޝަން ކޮމިޝަނާއި ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން އޮފް އިންޑިއާ ފޯ ބައިލެޓްރަލް އާ ދެމެދު އެކުލަވާލި އެއްބަސްވުން
- ރާއްޖޭގެ 200 ޖުޑީޝަލް އޮފިސަރުން ތަމްރީންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނާއި ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާ ދެމެދު އެކުލަވާލި އެއްބަސްވުން
އިންޑިއާއަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެމަނިކުފާނު އެނބުރި ރާއްޖެ ވަޑައިގަންނަވާނީ އަންނަ ބުރާސްފަތި ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު