އިރާގުން ދިން ޑްރޯން ހަމަލާއެއްގައި އިސްރާއީލުގެ ދެ ސިފައިންގެ މީހަކު މަރުވެއްޖެއެވެ.

އިރާގުގައި ހަރަކާތްތެރިވާ އިރާނަށް ވާގިވެރިވާ ހަނގުރާމަ ގުރޫޕުން ދިން ޑްރޯން ހަމަލާ އަމާޒުކުރީ އިސްރާއީލުގެ ގޮލާނީ މިލިޓަރީ ބޭސް އަށެވެ.

އެ ހަމަލާގައި އިސްރާއީލު ސިފައިންގެ ދެ މީހަކު މަރުވި އިރު، 24 މީހަކަށް އަނިޔާވިއެވެ. އެ މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް އިސްރާއީލުގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.

އެ ހަމަލާއާ ގުޅިގެން އިސްރާއިލުން ނެރުނު ބަޔާނެއްގައި ބުނީ އިރާގުން ދީފައިވާ ހަމަލާގައި ދެ ޑްރޯން ބޭނުންކުރި ކަމަށާއި އޭގެން އިސްރާއީލުގެ އެއާ ޑިފެންސަށް ހަމަލާ ދެވުނީ އެންމެ ޑްރޯންއަކަށް ކަމަށެވެ. އަނެއް ޑްރޯން މިލިޓަރީ ސައިޓަށް ވެއްޓި ގޮވީ ކަމަށްވެސް ބުންޏެވެ.