އިރާނުން ބޭނުންވެއްޖެ ނަމަ އަނެއްކާވެސް އިސްރާއީލަށް ހަމަލާ ދޭނެ ކަމަށް އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހާމަނާއީ ވިދާޅުވެއްޖެއެެވެ.
އިރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ ހާމަނާއީ މިހެން ވިދާޅުވެފައިވަނީ އިރާނުގެ ވެރިރަށް ތެހެރާނުގައި އިއްޔެ ދެއްވި ހުކުރު ހުތުބާގައެވެ. ހާމަނާއީ ވަނީ ހަމާސް އިން މިދިޔަ އަހަރުގެ އޮކްޓޯބަރު ހަތްވަނަ ދުވަހު އިސްރާއީލަށް ދިން ހަމަލާއަށް މަރުހަބާ ދަންނަވައި އެއީ އެންމެ ރަނގަޅު ދަނޑިވަޅުގައި ދީފައިވާ ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ.
ހުތުބާގައި ހާމަނީ ވަނީ އިސްރާއީލަށް ދުވަހަކުވެސް ހަމާސްއާއި ހިޒްބުﷲ ބަލި ނުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އެ މީހުންގެ ވަޒަނާއި ގެދޮރާއި ބިންތައް ހޯދުމަށް ހަތުރުންނާއި ދެކޮޅަށް ހަނގުރާމަ ކުރުމަކީ އެ މީހުންނަށް މަޖުބޫރު ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ.
އިރާނުން ވަނީ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ ޝަހީދުކޮށްލުމާއި ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކުއްލި ހަމަލާއެއް އިސްރާއީލަށް ދީފައެވެ. އެ ހަމަލާގައި 2000 އަށްވުރެ ބެލެސްޓިކް މިސައިލް ފޮނުވާލި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ