އެމްޕީއެލްއިން ހުޅުމާލޭގައި 10 ބުރީގެ އޮފީސް އިމާރާތެއް ހަދަން ނިންމައި، އެކަމަށް ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
އެމްޕީއެލް އިން މިއަދު ކުރި އިއުލާނުގައިވާ ގޮތުން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ކުރިއަށް ގެންދާ އެ މަޝްރޫއުގައި ހުޅުމާލޭގައި ހަދަނީ 10 ބުރީގެ ކޯޕަރޭޓް އޮފީސް އިމާރާތެކެވެ. އެ އިމާރާތް ހަދަނީ، ހުޅުމާލޭ ފެރީ ޓާމިނަލްގެ ކުރިމަތިން އޮންނަ ބިމުގެ ތެރެއިން 9،580 އަކަ ފޫޓުގެ ސަރަހައްދެއްގައެވެ،
އެ ޕްރޮޖެކްޓަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ ދިހަ ވަނަ ދުވަހުގެ ކުރިން އެކަމަށް ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހަޅަން ޖެހޭނެއެވެ.
އެމްޕީއެލްއިން ބުނި ގޮތުގައި އެ އިމާރާތުގައި ކޮންފަރެންސްތަކާއި އިވެންޓްތައް ބޭއްވުމަށް ހާއްސަ ފްލޯއަކާއި ކެފޭ/ރެސްޓޯރެންޓްތަކަށް ހާއްސަ ފްލޯއެއްގެ އިތުރުން ވިޔަފާރިތަކަށް ހާއްސަ ފްލޯތަކެއް ވެސް ކަނޑައަޅައިފައިވާ ކަމަށެވެ. އަދި މީހުން ދިރިއުޅުމަށް ވެސް ދެ ފްލޯ ހާއްސަކޮށްފައިވާނެ ކަމަށް ބުންޏެވެ.
އެމްޕީއެލްއިން ބުނީ، އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމަށްވެސް އޮފީސް ޖާގަ އެ އިމާރާތުން ކަނޑައަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ އިމާރާތުގައި ބޭސްމެންޓަކާއި ޕާކިންއަށް ހާއްސަ އޭރިއާއެއް ވެސް ވަނީ ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު