އިންކަމް ޓެކްސް ނުދައްކާ 43 ފަރާތެއްގެ ނަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މިއަދު އާންމުކޮށްފިއެވެ.

މީރާއިން އާންމުކުރި އެ ލިސްޓުގައި ގިނައީ ޓޫރިޒަމް އިންޑަސްޓްރީގެ ވިޔަފާރިތަކެވެ. އެ ވިޔަފާރިތަކުގެ އިތުރުން މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ނަންތައް ވެސް އެ ލިސްޓުގައި ހިމެނެއެވެ.

ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން ދަނީ އާންމު ކުރަމުންނެވެ. ނަން އާންމު ކުރުމުގެ އިތުރުން ޓެކްސް ފައިސާ އެ ކުންފުނިތަކުން ހޯދުމަށް އިތުރު ފުރުސަތުދީ، އެ ފުރުސަތުގައި ވެސް ޓެކްސް ނުދައްކައިފި ނަމަ، މީރާއިން އެ ކުންފުންޏަކާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅައެވެ. އަދި ބައެއް ފަހަރު ބޭންކު އެކައުންޓް ފްރީޒްކޮށްގެން ވެސް ޓެކްސްގެ ފައިސާ މީރާއިން ހޯދައެވެ.

މީރާއިން މިއަހަރުގެ ޖޫން 13 ގައި އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މީރާއިން ވަނީ ޓެކްސް ނުދައްކައިގެން މިދިޔަ އަހަރުގެ ތެރޭގައި 200 އަށްވުރެ ގިނަ ފަރާތެއްގެ ބޭންކް އެކައުންޓް ފްރީޒްކޮށް 90 މިލިއަން ރުފިޔާ ހޯދައިފައެވެ.

ތަފާސްހިސާބުގައިވާ ގޮތުން ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކައިގެން ނޯޓިސް ދިނުމުންވެސް ޓެކްސް ފައިސާ ނުދެއްކި 285 ފަރާތެއްގެ އެކައުންޓް މިދިޔަ އަހަރު މީރާއިން ފްރީޒްކުރިއެވެ.

ޓެކްސް ނުދައްކައިގެން މިދިޔަ އަހަރު 17،054 ފަރާތަކަށް މީރާ އިން ފިޔަވަޅު އެޅި އިރު، އެ ފިޔަވަޅުތަކުގެ ސަބަބުން ޓެކްސްގެ ގޮތުގައި ނުދައްކާ ހުރި ފައިސާ އިން 3.9 ބިލިއަން ރުފިޔާ ހޯދިފައިވާ ކަމަށް މީރާގެ ތަފާސްހިސާބުގައި ބުނެފައިވެއެވެ.

އެ ތަފާސްހިސާބުތައް ދައްކާގޮތުން ޓެކްސް ގޮތުގައި ނުދައްކާ ހުރި ފައިސާ ހޯދުމަށް 20 ފަރާތެއްގެ މައްސަލަ ކޯޓަށް ވަނީ ހުށަހަޅައިފައެވެ. އެގޮތުން ކޯޓު މަރުހަލާގެ ތެރެއިން ޓެކްސްގެ ގޮތުގައި 335،429 ރުފިޔާ ލިބިފައިވާ އިރު، ޓެކްސްގެ ނުދައްކާ ހުރި ފަރާތްތަކުގެ ތެރެއިން 795 ފަރާތަކަށް ފައިސާ ބަހާލައިގެން ދައްކަން މުޅިން އަލަށް ފުރުސަތު ދީފައިވާނެ ކަމަށް ބުނެފައިވެއެވެ. އެ ފަރާތްތަކުން ދައްކަންޖެހޭ ޓެކްސް ފައިސާގެ އަދަދަކީ 1.9 ބިލިއަން ރުފިޔާއެވެ.

  • އޭ.އޭ.އޭ އެންޑް ޓްރޭޑިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • އަބްދުﷲ އަލީ، މ. ތުރީއޭ ވިލާ
  • އައިމާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ބޮން ފްރީ ޕްރައިވެޓް ލިމިޓެޑް
  • ކެނެރީސް ރިސޯޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް
  • ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން
  • ކޮރަލް އައިލެންޑް ރިސޯޓްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެލް
  • ދިވެހި ވިއުގަ ޕްރައިވެޓް ލިމިޓެޑް
  • ޑްރިފްޓްވުޑް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • އެކާވޯ
  • އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
  • އިކުއެޓޯރިއަލް ލައިންސް ޕްރައިވެޓް ލިމިޓެޑް
  • އިހުސާން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • ކަނޑިންމާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  • ލިޓަސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ލިޓަސް ޖެނެރަލް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް
  • ލިޓަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • މޯލްޑިވްސް ކޮލިޓީ ސީފުޑް ޕްރައިވެޓް ލިމިޓެޑް
  • މޯލްޑިވިއަން ހޮލިޑޭ ވިލެޖަސް ލިމިޓެޑް
  • މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް
  • މެގާ އިންފްރާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް
  • މިރިއަންދޫ މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް
  • މިސްކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ނަވަލޯކާ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • ޕްލެޓިނަމް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  • ޕްލެޓިނަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރައިވެޓް ލިމިޓެޑް
  • ރިނިއުބަލް އެނާޖީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ސަންކެން އޯވާސީސް ޕްރައިވެޓް ލިމިޓެޑް
  • އެސްއޭއެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ސައުދީ ބިންލާދިން ގްރޫޕު ކޮމްޕެނީ ލިމިޓެޑް
  • ސީނިއާ އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް
  • ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް
  • ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ސިޔާހަ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ޓީ.އީ.ޕީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ޓެންސޯ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  • ޓްރެވަލާސް ސްޓްރީޓް ޕްރައިވެޓް ލިމިޓެޑް
  • ވިއެ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ވަމްސް ޕްރައިވެޓް ލިމިޓެޑް
  • ޔޮންސަން އިންޖިނިއަރިންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ޒަހާ ރެސިޑެންސް އެންޑް ހޮޓެލްސް ޕްރައިވެޓް ލިމިޓެޑް