ކާރު ޓެކްސީ ލައިސަންސް ހޯދުމަށްޓަކައި ޓެކްސީ ސެންޓަރެއްްގައި ލިސްޓު ކުރަންޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ސަރުކާރުން މިއޮތަށް ނިންމީ ޓެކްސީ ގަވާއިދަށް ބަދަލު ގެނެސްގެންނެވެ. މިހާތަނަށް އަމަލުކުރަމުން އައި ގަވާއިދުގައިވާ ގޮތުން ކާރު ޓެކްސީ ލައިސަންސް ހޯދަން ކޮންމެހެން ޓެކްސީ ސެންޓަރެއްގައި ލިސްޓު ކުރާކަށް ނުޖެހެއެވެ. އެގޮތުން ކާރު ޓެކްސީ ލައިސަންސްއަށް އެދި ހުށަހަޅާ ފޯމުގައި ހަތަރު ޝަރުތެއް ފުރިހަމަވާ ނަމަ، 14 ދުވަހުގެ ތެރޭގައި ކާރު ޓެކްސީ ލައިސަންސް ދޭންޖެހޭނެ ކަމަށް ގަވާއިދުގައި އޮތީ ކަނޑައަޅައިފައެވެ.
ކާރު ޓެސްސީ ލައިސަސްއަށް އެދޭ ފަރާތުގެ ހުންނަންޖެހޭ ޝަރުތުތައް:
- އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދުގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ “1B “ކެޓަރީގެ އުޅަނދަކަށް ވުން
- އުޅަނދުގެ އަހަރީ ފީ ދައްކާފައިވުން
- ރޯޑްވާދިނަސްގެ މިންގަނޑަށް ފެތޭ އުޅަނދަކަށްވުން
- ތާރޑް ޕާޓީ އިންޝުއަރެންސް ލިބިފައިވާ އުޅަނދަކަށް ވުން
ނަމަވެސް ލައިސަންސް ދޫކުރަން އެދޭ އުޅަނދަކީ ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދަކަށް ވާންޖެހޭނެ ކަމަށް މިދިޔަ ހަފުތާގައި ޓެކްސީ ގަވާއިދަށް ބަދަލުގެނެސް، ފަސް ވަނަ ޝަރުތެއްގެ ގޮތުގައި ވަނީ އިތުރުކޮށްފައެވެ.
ގަވާއިދަށް ގެނައި އިތުރު ބަދަލެއްގެ ގޮތުގައި، ކާރު ޓެކްސީ ލައިސަންސަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކުގެ ތެރޭގައި އެ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން ހުށަހަޅަންޖެހޭ ގޮތަށްވެސް ހިމަނާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު