ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުގެ ސާވާ ހެކްކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ޅ. އަތޮޅު ހޮސްޕިޓަލުގެ ސާވާ ހެކްކުރި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މާލެއިން ފުލުހުންގެ ހާއްސަ ޓީމެއް ނައިފަރަށް ގޮސް، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރެއް ނުކުރެއެވެ.

އެނގިފައިވާ ގޮތުގައި އެ ހޮސްޕިޓަލްގެ ސާވާ ހެކްކޮށް، ސާވާ ވަނީ ޑައުންކޮށްލައިފައެވެ. އަދިވެސް އެ ހޮސްޕިޓަލްގެ ސާވާ ހުރީ ޑައުންވެފައެވެ.