މެދުރާއްޖެތެރޭގެ ރަށެއްގައި އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މިރޭ ބުނީ، ސައުތް ސެންޓްރަލް ޕޮލިސް (މ،ފ،ދ،ތ،ލ) ގައި ހިމެނޭ ރަށެއްގެ 18 އަހަރުން ދަށުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދުގެ ވަގުތެއްގައި އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓް މިނިސްޓަރީން ތަހުގީގުކުރަމުންދާ ކަމަށްވެސް ބުންޏެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައަކީ ތ. އަތޮޅުގެ ރަށެއްގައި ހިނގައިގެން އުޅޭ ކަމެކެވެ. އަދި މި މައްސަލައިގެ ވިކްޓިމްއާއި ސަސްޕެކްޓަކީވެސް 18 އަހަރުން ދަށުގެ ކުދިންނެވެ.