ހިޔާ ފްލެޓެއްގެ އެޕާޓްމަންޓެއްގެ ތެރެއިން ސަލާމަތް ކުރުމަށް އެދި ގޮވައި ރޮމުންދިޔަ އަންހެނަކު ފުލުހުން ސަލާމަތްކޮށްފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރޭ ދަންވަރު ހިނގި އެ ހާދިސާގައި އަންހެން މީހާ ގޮވަމުންދިޔަ އެޕާޓްމަންޓަށް ފުލުހުން ގޮސް އެޕާޓްމަންޓުގެ ދޮރު ހުޅުވަން ބުނުމުން ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރު ލައްޕައި ތަޅުލި ކަމަށެވެ.
ނަމަވެސް އަނެއްކާވެސް އެ އަންހެން މީހާ ސަލާމަތަށް އެދި ހަޅޭއްލަވާތީ ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެންގުމުންވެސް ދޮރު ނުހުޅުވުމުން ބާރުގެ ބޭނުންކޮށްގެން ދޮރު ހުޅުވައި އެޕާޓްމަންޓަށް ފުލުހުން ވަދެ އަންހެން މީހާ ސަލާމަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ އެ ވަގުތު އެޕާޓްމަންޓުގައި ތިބި ހ. ލާމިޔާ/ އަހުމަދު އުވެއިސް (20އ.) އަދި މއ. ތްރީ މޫންސް/ މުހައްމަދު މުމީތް (39އ) ހައްޔަރުކޮށްފައެވެ. "ވަން" އަށް އެނގިފައިވާ ގޮތުގައި އެ ދެ މީހުންވެސް ތިބީ މަސްތުގެ ހާލަތުގައެވެ.
އެ އަންހެން މީހާ ސަލާމަތަށް އެދި ގޮވީ ކީއްވެގެން ވެގެން ކަމެއް އަދި އަދި ހައްޔަރުކުރި ދެ މީހުންނާ އަންހެން މީހާއާ އެއްވެސް ގުޅުމެއް އޮންނަ ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު